ޢާޒިމާ ޝުކޫރު ބުރުގާޢަޅުއްވައިފި! ކުރީގެ ބުރުގާ ނާޅާ ފޮޓޯ ދެން ބޭނުންކުރުން ރަނގަޅެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޢާޒިމާ ޝުކޫރު ބުރުގާޢަޅުއްވައިފި! ކުރީގެ ބުރުގާ ނާޅާ ފޮޓޯ ދެން ބޭނުންކުރުން ރަނގަޅެއް ނޫން!

ރައީސް މައުމޫނުގެ އަރިއަހުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވައި ފަހުން ރައީސް ޔާމީންގެ އަރިއަހުގައި ވެސް އެންމެ އިސްކޮށް މަސައްކަތްކުރެއްވެވި އެއް ބޭކަނބަލެއް ކަމުގައިވާ ޢާއިޝަތު ޢާޒިމާ ޝުކޫރު މިހާރު ވަނީ ބުރުގާއަޅުއްވައި ﷲ ތަޢާލާ ގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރައްވައިފައެވެ. 

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ބުރުގާ އެޅުމަށްފަހު އެމީހެއްގެ ކުރިން ބުރުގާނާޅާ ހުރި ދުވަސްވަރުގެ ފޮޓޯތައް ހާމަކޮށްގެން ނުވާނެއެވެ. އެހެންކަމުން ޢާޒިމާ ބުރުގާ ނާޅުއްވާއިރުގެ ފޮޓޯތައް މިހާރު ބޭނުންކުރުން ރަނގަޅެއް ނޫނެވެ. މިކަން މީޑިއާތަކުގެ ބައެއް ފަރާތްތަކަށް ނުއެނގި އޮވެދާނެ ކަމަށްޓަކައި އަންގައިލުމުގެ ގޮތުން ހާމަކޮށްލީއެވެ. މިއަދުވެސް ޢާޒިމާގެ ބުރުގާ ނާޅާ ފޮޓޯތައް ދައުރުވާތަން ފެނުމުންނެވެ.

ބުރުގާ އެޅުމާއި އަޢުރަ ނިވާކުރުމަކީ އިޚްތިޔާރީ ކަމެއް ކަމަށް ބައެއް ޤާނޫނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދެވިނަމަވެސް ހެޔޮ ވިސްނޭ، ބުއްދި ސަލާމަތުންހުރި ﷲ ތަޢާލާއަށް ބިރުވެތިވާ ގިނަ ބައަކު ދަނީ ބުރުގާ އަޅަމުންނެވެ.

މިއަދު އޮންލައިން