މައިންބަފައިންނަށް ހެޔޮކޮށް ނުހިތާ މީހުންނަށް ދުނިޔެމަތީގަވެސް އެކަމުގެ ޝަޒާ ދެއްވަވާ! އެއީ ބިރުހުރިކަމެއް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މައިންބަފައިންނަށް ހެޔޮކޮށް ނުހިތާ މީހުންނަށް ދުނިޔެމަތީގަވެސް އެކަމުގެ ޝަޒާ ދެއްވަވާ! އެއީ ބިރުހުރިކަމެއް!: ޑރ. އިޔާޟް

މީހަކު އެއްދުވަހަކު ކީރިތި ރަސޫލުﷲ ގެ އަރިހަށް އައިސް ތިމަންނާ އެންމެބޮޑަށް ހެޔޮކޮށް ހިތަންޖެހެނީ ކާކަށްތޯ ސުވާލު ކުރުމުން ޙަދީޘް ކުރައްވަނީ ތިބާގެ މަންމަޔަށޭ، ދެން ކާކަށްތޯ ސުވާލުކުރުމުންވެސް ޙަދީޘް ކުރައްވަނީ ތިބާގެ މަންމަޔަށޭ، ދެން ކާކަށްތޯ ސުވާލު ކުރުމުންވެސް ޙަދީޘް ކުރައްވަނީ ތިބާގެ މަންމަޔަށޭ، ދެންކާކަށްތޯ ސުވާލު ކުރުމުން ޙަދީޘް ކުރެއްވީ ތިބާގެ ބައްޕައަށޭ، އެހެންވީމާ، މަންމަގެ ދަރަޖަ ތިންފަހަރަށް ދެއްވުމަށްފަހުގާ ދެންމި ބަޔާން ކުރައްވަނީ ބައްޕަގެ ވާހަކަ .

އެހެންވީމާ، މައިންބަފައިންނަށް ދޭންޖެހޭ ޤަދަރާއި، އިޙްތިރާމް އެއީ ވަރަށް މުހިންމު އެއްޗެއް އެޤަދަރާއި އިޙްތިރާމް އަޅުގަނޑުމެންނަށް ނުދެވިއްޖެ ކަމުގައި ވަނީނަމަ އަޅުގަނޑުމެންނަށް ހަމަ ދުނިޔަވީ ތަޖުރިބާތަކުން ފެންނަން އެބަހުރި މައިންބަފައިންނާ ދޭތެރޭގާ ގޯސްކޮށް ކަންތައް ކޮށްފަ ހުންނަ މީހުން އެމީހުންނަށް ދުނިޔެމަތީގަވެސް އެކަމުގެ ހިތި ފެންނަތަން އަދި އާޚިރަތުގަ އަދި ކޮބައިތޯ އާޚިރަތުގެ އިތުރުން ދުނިޔެމަތީގާ އެމީހުންނަށް އެކަމުގެ އަދަބު ނުވަތަ އެކަމުގެ ޝަޒާ ލިބެމުންދާތަން އެއީ އަޅުގަނޑުމެންނަށް ހަމަ ތަޖުރިބާގެ އަލީގާ ފެންނަން ހުރި ކަންތައްތައް އެހެންވީމާ، އެފަދަ ކަންތައްތަކަށް އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުކަންދީ އެފަދަ ކަމެއް އަޅުގަނޑުމެންގެ ކިބައިން ވިޔަނުދިނުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަންވާނެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ދަރުސަކުން

 

މިއަދު އޮންލައިން