ދުނިޔޭގެ ހޫނު ގަދަވާވަރަކަށް އެފްއެސްއެމުން ރައްޔިތުންނަށް ކުރާ އަނިޔާ ކުރަނީ ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދުނިޔޭގެ ހޫނު ގަދަވާވަރަކަށް އެފްއެސްއެމުން ރައްޔިތުންނަށް ކުރާ އަނިޔާ ކުރަނީ ބޮޑު!

އިއްޔެ ރެކޯޑް ކުރެވުނީ ރާއްޖޭގައި އެންމެ ހޫނު ގަދަވި ދުވަހެއްގެ ގޮތުގައެވެ. މިއަދުވެސް ހޫނުމިން ހުރީ ހަމައެހާކަންހާ ވަރުގައެވެ. 

އެހެންކަމާއިއެކުގައިވެސް މެންދުރު 2 ޖެހިއިރުވެސް (އައިޖީއެމްޗްކައިރީ ހުރި ޝެޑްގައި) ޕެޓްރޯލް އަޅައިދޭން ތިބީ 2 ކުދިންނެވެ. މިއީ އެތަނުގައި ވަރަށް ޢާންމު ކަމެކެވެ. ބުނާނީ "ލަންޗްޓައިމް" ކަމަށެވެ. ނަމަވެސް ރަމަޟާން މަހު މެންދުރު 2 ޖަހާއިރު ލަންޗްޓައިމް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ޖަމާއަތުގައި ނަމާދުކޮށްގެންވެސް މަސައްކަތު ނުދެވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 

ރަމަމާން މަހު ރޯދައަށް ތިބެ ޕެޓްރޯލް އަޅަން ބޭނުން މީހުން ކިޔޫގައި ގަދަ އަވީގައެވެ. އެފްއެސްއެމުން ދޭ އަނިޔާގައެވެ. އެހެން ބުނަން ޖެހެނީ 4 ޕަމްޕްގައި މަސައްކަތްކުރަން މުސާރަ ދީފައި ތިބި 4 މުވައްޒިފުން އެކުގައި 4 ޕަމްޕުން ޕެޓްރޯލް އަޅައިދޭނަމަ ގަދަހޫނުގައި ތިބެންޖެހޭ ވަގުތު މަދުވާނެތީއެވެ. 

މިފަދަ ގޮތަކަށް ހޫނު އިޙްޞާޞްކުރަންޖެހުމުން ކިޔޫގައި ތިބި މީހުން ކައުންޓަރަށް ގޮސް ސުވާލުކުރުމުން ބުނީ 4 ކުދިން މަސައްކަތްކުރާ ވަރަށް 2 ކުދިން މަސައްކަތްކުރާނެ ކަމަށެވެ. އަނެއްކާވެސް ބޮޑު އަރަތެކެވެ. ހަތަރު ކުދިން މަސައްކަތްކުރާ ވަރަށް މަސައްކަތްކުރާ 2 ކުދިން ތިބޭނަމަ، ނުވަތަ 2 ކުދިންނަށް މަސައްކަތްކުރެވޭނަމަ 4 ކުދިންނަށް މުސާރަދެނީ މަސައްކަތް ނުކުރުވައި ބައިތިއްބައިގެން ވަކި ބައަކަށް ފައިސާދޭންތޯއެވެ؟ 

ކިޔޫގައި މިއަދު ތިބި ބައެއް މީހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވާލަން ބޭނުންވި މެސެޖަކީ "އިއްޒަތްތެރި ރައީސް އެވެ. މަނިކުފާނުގެ ވެރިކަމުގައި ކަންކަން މިފެންނަނީ ވަރަށް ހިތާމަކުރަންޖެހޭ ފަދަ ގޮތަކަށެވެ. މިފަދަ ރަމަޟާން މަހު މިހައި ގަދަ ހޫނުގައި ރަތްދައްކާ ގަަދ އަވީގައި 43 ޑިގްރީ ހޫނުގައި އަޅުގަނޑުމެން ތިބިކަން މަނިކުފާނަށް އަޅެ އެނގިވަޑައިގަންނަވާތޯއެވެ؟ ދަންނަވައި މިލީ އެނގިވަޑައި ނުގަންނަވާނެ ކަމަށް ބަލައިގެންނެވެ. ދެންވެސް އިޞްލާޙްކޮށްލަ ދެއްވާށެވެ!"

މިއަދު އޮންލައިން