ސަރުކާރުން އަބަދުވެސް ދައްކަނީ ޖައްވުގެ ހޫނުގަދަވާ ވާހަކައެވެ. އެއީ ކިތަންމެ ވަރަކަށް ވާހަކަދެއްކިނަމަވެސް ޙައްލުކުރެވޭނެ ކަމެއް ނޫނެވެ. އެވާހަކަ ދައްކަނީ އެވާހަކަދައްކައިގެން މަޝްހޫރުވާށާއި ފައިސާ ހޯދުމުގެ ބޭނުމުގައެވެ.
43 ޑިގްރީގެ މިގަދަ އަވީގައި މިއަދުގެ 2.15 ގަވެސް އައިޖީއެމްއެޗްކައިރީގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެދުން ޕެޓްރޯލް އަޅަން ގޮސް ތިބި މީހުންގެ ކިޔޫ ދިގުވެ އޮތީ ބުރުމަގަށް ލަނބާލައިފައެވެ. 4 ސްޓޭޝަނުން އަޅައިދޭން ތިބީ ހަމަ 2 ކުދިންނެވެ.
މިކަން ފާހަގަކޮށް އިއްޔެވެސް މިއަދުނޫހުގައި ވާނީ މިވާހަކަ ލިޔެފައެވެ. މިހާރު ހުރިހާ ތަންތަން ހިންގަނީ ސަރުކާރަށް އަނގައިން ބުނެ ފިޔަވަޅެއް އެޅޭވަރަށްވުރެ މާމަތީގައި ތިބޭ ބައަކަށްވާތީ ކަންކަން ފާހަގަކުރިނަމަވެސް ފިޔަވަޅެއް ނޭޅެނީއެވެ.
ސުވާލަކީ މިގަދަ އަވީގައި ދައުލަތުގެ ވެރިން ތަލަފިއްސައިގެން ކިޔޫގައި ތިބެން ޖެހޭނަމަވެސް ކަންކަން ހިނގާނީ ހަމަ މިގޮތަށްބާވައެވެ؟ ރައްޔިތު މީހާ ވީމާ ފިހުނަސް ހަމަ އޯކޭވަނީ ނޫންތޯއެވެ؟