ﷲ އަށާ އިސްލާމް ދީނަށް ގޮވާނެ އެއްޗެއް ގޮވީމާ ފަރުވާ ބޭނުންވާ މީހެއް! މަލިކައްޑޫ ފެށޭ މަލިކުގެ ވެރިފަރާތަށް ބަހެއް ބުނީމާ ރަމަޟާންމަހުވެސް ވަގުތުން ރިޒުޤަށް ހުރަސް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 44ސ
ﷲ އަށާ އިސްލާމް ދީނަށް ގޮވާނެ އެއްޗެއް ގޮވީމާ ފަރުވާ ބޭނުންވާ މީހެއް! މަލިކައްޑޫ ފެށޭ މަލިކުގެ ވެރިފަރާތަށް ބަހެއް ބުނީމާ ރަމަޟާންމަހުވެސް ވަގުތުން ރިޒުޤަށް ހުރަސް!

ﷲ އަށާ އިސްލާމް ދީނަށް ގޮވާނެ އެއްޗެއް ގޮވީމާ އެމީހާ ވަނީ ފަރުވާ ބޭނުންވާ މީހަކަށެވެ. ފިޔަވަޅެއް އެޅެނީ ރައްޔިތުން ނުކުތީމައެވެ. މިސްކިތްތަކަށާއި ޤުރްއާނުގެ މުޞްޙަފްތަކަށް ކުޑަކަމުދިއައިމަވެސް ހަމަ އެގޮތެވެ. ރައްޔިތުން ނުކުމެ ފިޔަވަޅުނާޅާހައި ހިނދަކު "އިޓްސްއޯކޭ. އިޓްސް ކޫލް. . ކެރީއޯން." އެވެ. 

މަލިކައްޑޫ ފެށޭ މަލިކުގެ "ވެރި" ފަރާތަށް ކުޑައިމިސްބަހަކަށް ވެދާނެކަމަށް ބެލެވޭ ބަހެއް ބުނީމާ ވަގުތުން މިފެނުނީ ފިޔަވަޅު އެޅިތަނެވެ. މިއޮތްފަދަ ރަމަޟާންމަހުގެ ދުވަސްތަކަށްވެސް ބަލައިލުމެއްނެތިއެވެ. ﷲ ތަޢާލާ ދެއްވެވި ބާރުގެ ބޭނުންކޮށް ވަގުތުން ރިޒުޤަށް ހުރަސްއެޅީއެވެ. 

ސަރުކާރަށް ކުރެވޭނެ ކަމަކީ މުސާރަ ނުދިނުމާއި ވަޒީފާއިން ވަކިކުރުން ފަދަ ކަންކަމެވެ. ﷲ ތައާލާ ބޭނުންފުޅުވެ ވޮޑިގަތުމުން ނުކުރެއްވެވޭނެ ކަމެއް ނެތެވެ. އެކަލާނގެއީ ހިނދުކޮޅެއްގެ ތެރޭގައި ޤައުމުތައް ބަންޑުންޖައްސަވާ ރަސްކަލާނގެއެވެ. ނުވިސްނިގެން މިއުޅެނީ އެކަމެވެ.

މިއަދު އޮންލައިން