މިއީ ޓްރެފިކް ފުލުހުންނާއި އަދި އިސްކަންދަރު ކޮށްޓާއިވެސް އެންމެ ގާތުގައި އޮންނަ އެއްގޯޅިއެވެ. ދެފަށް ރޮނގު ދަމަނީ ސިޓީ ކައުންސިލާއި ޓްރެފިކް ފުލުހުންނާއި އެހެންވެސް އިދާރާތަކާއި މަޝްވަރާކޮށްގެންނެވެ.

ރަތްކާރު އެއޮތީ ވަގުތީ ގޮތުން މަޑުކޮށްލަން ހުއްދަ އޮންނަ ސަރަހައްދުގައެވެ. އެސްރަހައްދުން އެކާރު ނުނަގާ ގިނައިރު ބޭއްވުމުގެ ސަބަބުން މިއަދު މެންދުރު އެ މަގު ކިތައްފަހަރަށް ބްލޮކްވިކަން ސެކިޔުރިޓީ ކެމެރާތަކުން ބަލައިލުން ރަނގަޅުވާނެއެވެ. އަދި އެތަނުގައި ބޭއްވި ވަގުތުވެސް ބަލައިލުން ރަނގަޅުވާނެއެވެ.

ކަންކަން އެހާލަތުގައި އޮންނައިރު ޕޭމަންޓްމައްޗަށް ވެހިކަލް އެރުވުމާއި ކާރު ބޭއްވުންވެސް އެއީ މާވެޔޮ މަގުފަދަ ބައްއެއް މަގުތައް ފަދައިން އެމިމަގުގައިވެސް ހަމަ ޢާންމު ކަމެކެވެ. އެކަމަށް ޚާއްޞަ ހުއްދައެއް ދެނީ ރައީސުލްޖުމްހޫރިއްޔާގެ ކޮން ޤަރާރެއްގެ ދަށުންކަމެއް ނުއެނގެއެވެ.

ރައްޔިތުންގެ ގިނަ ބައަކު އުންމީދުކުރަނީ މިފަދަ ދަތިއުނދަގޫ ޙާލަތުން މަގުތައް ސަލާމަތްކުރެވޭނެ ފަދަ ޤަރާރެއް ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވާނެ ދުވަހަކަށެވެ.
