ސްމާޓް އަންހެނުންގެ ވާހަކަ- ދަންވަރު ދޮރާށި ކައިރީގަ ހުއްޓާ "ކަމެއް ނެތްތޯ؟" ސުވާކުރި ޒުވާނަކަށް އާދަޢާ ޚިލާފް ކަމެއް ޙަވާލުކުރި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ސްމާޓް އަންހެނުންގެ ވާހަކަ- ދަންވަރު ދޮރާށި ކައިރީގަ ހުއްޓާ "ކަމެއް ނެތްތޯ؟" ސުވާކުރި ޒުވާނަކަށް އާދަޢާ ޚިލާފް ކަމެއް ޙަވާލުކުރި އަންހެނެއްގެ ވާހަކަ-

އޭނާއަކީ އުމުރުން 50 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އަންހެނެކެވެ. ނިދިނައުމުން ނުކުމެ ދޮރާށި ކައިރީގައި ފިނިކޮށްލަން ހުއްޓައި ސައިކަލެއްގައި ޒުވާނަކު މަޑުކޮށްލާފައި ސުވާލުކުރިއެވެ. 

"ކޮބާ ކަމެއް ނެތްތަ؟" 

"ނޫން. ކަމެއް އެބައޮތް. ކެރޭނެތަ ކޮށްލައިދޭން." 

"ކީއްވެ ނުކެރެންވީ. ކަމެއް ކޮށްދޭ ހިތުން މިހެން މިއެހީވެސް." 

"އަވަހަށް އާދޭ އެތެރެއަށް." 

ޒުވާނާ ސައިކަލް ޕާކްކޮށްފައި ވަނުމުން ބަދިގެ ދޮށަށް ގެންގޮސްފައި ކުނި ކޮތަޅު ނަގައި އަތަށްދީފައި ބުންޏެވެ. 

"ދައްތައަށް މިކޮތަޅު އެއްލައިލަ ދީބަލަ!" 

"ދެން އެހެން ކަމެއް ނެތްތަ؟" 

އާނ! ދެން މިވަގުތަކު ނެތް! ތިހެން ދުއްވަމުން އަދިވެސް ކައިރިކޮށްލާތި! ތިއައީ ހާދަ ރަނގަޅު ކުއްޖެކޭ! މާތް ﷲ ކޮއްކޮއަށް ހެޔޮ ރަޙްމަތް ލައްވަވާށި!" އާމީން 

ޒުވާނާއަށް ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. ކުނިކޮތަޅު ހިފައިގެން ގޮނޑަށް އެއްލައިލަދޭން ދިއައީއެވެ. 

މިއީ މީގެ 20 ވަރަކަށް އަހަރުކުރިން ހިނގާފައިވާ ކަމެކެވެ.

މިއަދު އޮންލައިން