ލޯފަން މީހުންގެ ޙައްޤުތައް ހިމާޔަތް ކުރާ ޖަމްޢިއްޔާއަށް ދިރާގުން ބޮޑެތި އެހީތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 21ސ
ލޯފަން މީހުންގެ ޙައްޤުތައް ހިމާޔަތް ކުރާ ޖަމްޢިއްޔާއަށް ދިރާގުން ބޮޑެތި އެހީތަކެއް!

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަކީ ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ. ދާދި ފަހުން މި ޖަމިއްޔާއިންވަނީ ކަލަބް ހައުސް ގައިވެސް ހަރަކާތްރެރިވަންފަށާފައެވެ. އެގޮތުން ކުރިޔަށްއޮތް މަހުގެތެރޭގައިވެސް ގުރުއާން މުބާރާތާއި، ދިނީ ހަރަކާތްތަކައި އަދި ތަފާތު ތަމްރީނު ޕްރޮގްރާމްތައް ބެއްވުމަށް އެ ޖަމިއްޔާއިން އަންނަނީ ރާވަމުންނެވެ. މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދިރާގުން އެ ޖަމިއްޔާގެ މެންބަރުންނަށް ހިލޭ މޮބައިލް ޑޭޓާ ފޯރުކޮށްދުނުމަށްވަނީ ނިންމާފައެވެ. 

މީގެ އިތުރުން ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ބީވީއައިއެސްއެމްއަށް ފޯރުކޮށްދޭ ހާއްސަ ޑިޖިޓަލް މުވާސަލާތީ ހިދުމަތް ކަމަށްވާ "ފޯންމީޓިން 130" އައުކޮށް ކުރިއަށްގެންދިއުމަށް ވެސްވަނީ ނިންމާފަ އެވެ.

މި ޚިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ޚިދުމަތްތަކެވެ.  އެހެނިހެން އިޖްތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީ.ވީ.އައި.އެސް.އެމް އަށް ދިމާވެއެވެ. ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. ދިރާގުން މި ޚިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވެއެވެ.  އަދި  މިޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ  ޖަމިއްޔާގެ ހުރިހާ މެންބަރުންނަށް ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެން ދެއެވެ. 

އެގޮތުން މި ޙިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި، ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ހިމެނެއެވެ. އެގޮތުން ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް  ބީވީއައިއެސްއެމް އިން މިޙިދުމަތް ބޭނުންކުރެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ބީވީއައިއެސްއެމް އިން ވަނީ މި ޚިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި،  އަދި ގުރުއާން، ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފައިއެވެ. 

ދިރާގުން މި ޚިދުމަތް ފޮރުކޮށްދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި ދިރާގުގެ އަމާޒަކީ މުސްތަޤްބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމެވެ. 

މިއަދު އޮންލައިން