އުފަންވެލި ޝޮޕްތަކުން ޢީދު ހަދިޔާއެއްގެ ގޮތުގަ ފިޔާ ކިލޯއެއް އެންމެ 5 ރުފިޔާއަށް، އަލުވި ކިލޯއެއް އެންމެ 8 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.
ފިޔައަކީ ޕާކިސްތާނު ފިޔައެވެ. އަލުވި އެއީ ބަންގްލަދޭޝް އަލުވިއެވެ. މި އަގުގައި ވިއްކާނީ ކުރިއަށް އޮތް 7 ދުވަހުއެވެ.
އުފަންވެލި ޝޮޕްތަކުން ވަނީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި ރޯދަމަހުގައިވެސް ވަރަށް ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެކިފަހަރުމަތިން ވަރަށް ހެޔޮއަގުގައި ވިއްކައިފައެވެ.
އުފަންވެލި ޝޮޕްތަކުން ބުނެފައިވަނީ ކަސްޓަމަރުންނަށް ވީހައި ހެޔޮ އަގުގައި ކާބޯތަކެތި ފޯރުކޮށްދޭން މަސައްކަތްކުރާ ކަމަށާއި މިއީ ޚާއްޞަ ޢީު ހަދިޔާއެއް ކަމަށެވެ.