ސަސްޕެންޑްކުރީ ޤަވާއިދާޚީލާފަށް ކަމަށް ޓްރައިބިޔުނަލްއިން ނިންމުމުން ޑރ. އިޔާޟް ވިދާޅުވީ އަނިޔާވެރިންނަށް މުޙްލަތެއްދެއްވާނެކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ސަސްޕެންޑްކުރީ ޤަވާއިދާޚީލާފަށް ކަމަށް ޓްރައިބިޔުނަލްއިން ނިންމުމުން ޑރ. އިޔާޟް ވިދާޅުވީ އަނިޔާވެރިންނަށް މުޙްލަތެއްދެއްވާނެކަމަށް!

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ކަންކަން ނިންމައި ހިންގަނީ ޤާނޫނުތަކުން ބޭރުންކަން ސާބިތުވެ އެޔުނިވަރސިޓިގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މަޤާމުން ސަސްޕެންޑްކުރީ ޤަވާއިދާއި ޚިލާފަށް ކަމަށް ވަޒީފާ އާއި ބެހޭ ޓަރައިބިޔުނަލް އިން އިއްޔެ ނިންމުމުން ޑރ. އިޔާޟް ވިދާޅުވީ އަނިޔާވެރިންނަށް މުހްލަތެއް ދެއްވި ނަމަވެސް އެމީހުންގެ ޢަމަލުތަކާއިމެދު ﷲ ތަޢާލާ އިހްމާލުވެ ވޮޑިގެން ނުވާކަން އެކަލާނގެ ވަނީ އަންގަވާފައި ކަމަށެވެ. 

ޑތ. އިޔާޟް ވިދާޅުވެފައިވާ ބައެއް ބަސްފުޅުތައް: 

"އަނިޔާވެރިންނަށް މުހްލަތެއް ދެއްވި ނަމަވެސް އެމީހުންގެ ޢަމަލުތަކާއިމެދު އިހްމާލުވެ ވޮޑިގެން ނުވާކަންވަނީ އަންގަވާފައި." 

"މަގާމުތަކަށް ކުފޫ ހަމަނުވާ މީހުން އަތުވެއްޖެނަމަ ޤިޔާމަތަށް އިންތިޡާރު ކުރާށޭ އޮވެއެވެ. މިކަމުގެ ސަބަބުން މުޅި މުއައްސަސާ އަށް ލިބޭ ހުތުރުކަންވެސް ކުޑައެއް ނޫނެވެ. ޕާޓީ އެކްޓިވިސްޓުންގެ ބަދަލުގައި، ކަމަށް ޤާބިލު ބޭފުޅުންނަށް އިސްކަންދެއްވަންޖެހެއެވެ". 

"މުވައްޡަފުންނާއިމެދު އަނިޔާވެރިވެ ނުޙައްޤުން ފިޔަވަޅު އަޅުއްވާކަން ޘާބިތުވެފައިވާ ބޭފުޅުންނަށް ޓްރެއިނިންގް ޕްރޮގްރާމެއް ހިންގަންޖެހޭ." (މިހެން ވިދާޅުވެފައިވަނީ ސިވިލް ސަރވިސް ކޮމިޝަނަށެވެ.)

 

"ރޫޙާނީ ލީޑަރ އަންގަވާހާ ގޮތަކަށް ފިޔަވަޅުތައް އެޅުއްވުމުގެ ބަދަލުގައި ހަމަޔާއި އުޞޫލަށް ތަބަޢަވާންޖެހޭކަން މުއައްސަސާތަކުގެ ވެރިންނަށް ވިސްނިވަޑައިގަންނަވަންޖެހޭ. ރޫޙާނީ ލީޑަރަށްޓަކައި އެހެން މީހުން ޤުރްބާން ކުރުމަކީ ހަމަޖެހޭ އުޞޫލެއް ނޫން. ޢިބްރަތް ޙާޞިލު ކުރައްވާ."

 

އެމްއެންޔޫގެ ކަންކަން ނިންމުމަށް ބަސްބުނެ ފިޔަޅު އެޅޭފަދަ މަޤާމްތައް ތައުލީމީ ގޮތުން ފެންވަރެއް ނެތް ޕާޓީއެކްޓިވިސްޓުންނަށާއި ޖިނާޢީ ކުށްތައް ކުރުމަށްފަހު ފުލުހުންނަށް ފިލައިގެން އުޅުނު މީހުންނަށް ލިބުނު ފަހުން އެމުއައްސަސާ އިން ކަންކަން ކުރާ ގޮތާއިމެދު ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

 

ޑރ. އިޔާޟް ސަސްޕެންޑްކުރި މައްސަލަ ނިންމި ނަމަވެސް ވަޒީފާއިން ވަކިކުރި މައްސަލައިގައި އަދި ޓްރައިބިޔުނަލް އިން ގޮތެއް ނުނިންމައެވެ.

މިއަދު އޮންލައިން