ޢީދުގެ މުނާސަބަތުގައި، އުރީދޫ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް އެންމެ 150ރ އަށް 21ޖީބީ ޑޭޓާ މުޅި ހަފްތާއަށް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޢީދުގެ މުނާސަބަތުގައި، އުރީދޫ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް އެންމެ 150ރ އަށް 21ޖީބީ ޑޭޓާ މުޅި ހަފްތާއަށް!

ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، ޢީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ޙިއްސާކޮށްލުމަށްޓަކައި، ޙާއްޞަ އޮފަރއެއް މިއަދު ވަނީ އެކުންފުނިން ތައާރަފްކޮށްފައެވެ. މި އޮފަރގެ ދަށުން ޢީދު ޗުއްޓީ ތެރޭގައި ދުވާލަކު 1ޖީބީ ލިބޭ އާޗާ ޕްރިޕެއިޑް  150ރ ޕެކް ބައްލަވައިގަތުމުން 7 ދުވަހަށް ބޯނަސް ޑޭޓާގެ ގޮތުގައި ދުވާލަކު 2ޖީބީ، މުޅިއަކު ދުވާލަކު 3ޖީބީ ގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.  

އުރީދޫއިން ބުނެފައިވަނީ މި އޮފަރ ތައާރަފް ކުރެވިފައިވަނީ ދުރުގައިތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށްލާ ޢީދުގެ އުފަލާ މަޖާ ހިއްސާކޮށްލުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށާއި މި ޑޭޓާ ޕެކް އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް އެކްޓިވޭޓް ކޮއްލެވޭނެ ކަމަށެވެ.

"އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ޙިއްޞާކުރުމަށް އަޅުގަނޑުމެންގެ މި ޢީދު އޮފަރ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން." އުރީދޫގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މަރކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

އާޗާ ޕްރިޕެއިޑް ބޯނަސް އޮފަރގެ އިތުރުން އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށްވެސް ވަނީ ޙާއްސަ އޮފަރ އެއް ތައާރަފް ކޮށްފައެވެ. ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޢީދު ބަންދު ތެރޭގައި އުރީދޫ ކްލަބް ޕްރިމިއަރ ޕާޓްނަރުންކަމުގައިވާ ޗޮކްލެޓް، ރަޓަޓޫއީ އަދި ޗާކޯލް ކެފޭ އިން %10 ޑިސްކައުންޓް ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްއިން ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ އަރިސްކޮށްފައެވެ.

މިއަދު އޮންލައިން