ޓީމް ސްޓެލްކޯ ކަނބަލުން އުރީދޫ މަސްރޭހުގެ ރެކޯޑް މުގުރާލައި 11 ވަނަ ސީޒަން ކާމިޔާބުކޮށްފި!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 37ސ
ޓީމް ސްޓެލްކޯ ކަނބަލުން އުރީދޫ މަސްރޭހުގެ ރެކޯޑް މުގުރާލައި 11 ވަނަ ސީޒަން ކާމިޔާބުކޮށްފި!

ކޮންމެ އަހަރެއްގެ ރަމަޟާންމަހު އުރީދޫއިން ކުރިޔަށްގެންދާ އުރީދޫ މަސްރޭހުގެ އެގާރަ ވަނަ ސީޒަން، ޓީމް ސްޓެލްކޯ ކަނބަލުން ކާމިޔާބު ކޮށްފިއެވެ. ފޯރިގަދަ ފައިނަލެއްގައި ސްޓެލްކޯ ކަނބަލުން އަދި ޓީމް އެފްއެސްއެމް، ޓީމް ކެޔޮޅު ބައްޕީ އަދި ޓީމް ގޯޅިއަންސް ވާދަކޮށް، މިއަހަރުގެ އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓިމާއި، އެންމެ ބޮޑު މަސް، އެންމެ ގިނަ މަސް ގެ އިތުރުން މޯސްޓް އެންގޭޖިންގް ޓީމް ވަނީ ހޮވާފައެވެ. މީގެތެރޭގައި:

އުރީދޫ މަސްރޭސް2022ގެ ޗެމްޕިއަން ޓީމް: ޓީމް ސްޓެލްކޯ ކަނބަލުން

އިނާމު:

· އުރީދޫ މޯލްޑިވްސްއިން ދޭ 50000 (ފަންސާސް ހާސް) ރުފިޔާ

· ޑީޓެކް އިން ދޭ އެވިންރޫޑް 9.8ހޕ އިންޖިން

· ހައި ފިޝިންގް ޓެކްލްސް އިން ދޭ 10290ރ އަގުހުރި މަސްބާނާ ދޮށްޓެއް

· ލަޔަރ ކެފޭގެ ފަރާތުން ޓީމަށް ދޭ ޙާއްސަ ކެއުމެއް

 

އެންމެ ބަރުމަސް ބޭނި ކެޔޮޅު: 11.95 ކިލޯގެ އެއިޓްބާ ގްރޫޕަރއެއް ބާނައިގެން، ޓީމް އާރްޑީސީ ގެ ޔާސިރް.

އިނާމު:

· އުރީދޫ މޯލްޑިވްސްއިން ދޭ 5000 (ފަސް ހާސް) ރުފިޔާ

· ސީރިއަސް އެންގްލަރސް ގެ ފަރާތުން ދޭ އޯޝަންސް ލެގަސީ އެލެމެންޓަސް ޑިޕް ޖިގިން ދޮށްޓެއް ހައި ފިޝިންގް ޓެކްލްސް އިން ދޭ 4850ރ އަގުހުރި މަސްބާނާ ދޮށްޓެއް

· ކެޔޮޅު ރެސްޓޯރެންޓްގެ ފަރާތުން 2 މީހުންގެ ކެއުމެއް

 

މުބާރާތުގެ ފިރިހެން މަސްވެރިޔާ: 49 މަސް ބާނައިގެން ޓީމް ސްޓެލްކޯ ކަނބަލުން ޓީމުން އަބްދުލް އަޒީޒް (އަޒީބެ)

އިނާމު:

· އުރީދޫ މޯލްޑިވްސްއިން ދޭ 5000 (ފަސް ހާސް) ރުފިޔާ

· އޮބިއަންގެ ފަރާތުން ދޭ އެކްސަސައިޒް ބައިކް

· ހައި ފިޝިންގް ޓެކްލްސް އިން ދޭ 4850ރ އަގުހުރި މަސްބާނާ ދޮށްޓެއް

· ކެޔޮޅު ރެސްޓޯރެންޓްގެ ފަރާތުން 2 މީހުންގެ ކެއުމެއް

 

މުބާރާތުގެ މޯސްޓް އެންގޭޖިން ޓީމް (އެންމެ ހިންގާލާ ޓީމް): ޓީމް އެފްއެސްއެމް

އިނާމު:

· ރަންފައުންގެ ފަރާތުން ދޭ ޕެނަސޮނިކް އޭސީއެއް

· ކޮފީ ޝްރަބްގެ ފަރާތުން ޓީމަށް ދޭ ތަރާވީސް ކެއުމެއް

މޮޅުވި ޓީމް ޓީމް ސްޓެލްކޯ ކަނބަލުން އަށް 680.80 ޕޮއިންޓް ލިބިފައިވާއިރު، މިއަހަރުގެ އުރީދޫ މަސްރޭހުގެ ދެވަނަ ޓީމް ކަމަށްވާ އެފްއެސްއެމް ޓީމަށް ލިބިފައިވަނީ 191.05 ޕޮއިންޓެވެ. ހަމައެހެންމެ، ތިންވަނަ ހޯދާފައިވާ ޓީމް ގޯޅިއަންސްއަށް ލިބިފައިވަނީ 178.85 ޕޮއިންޓެވެ.

ފިތުރު އީދު ފާހަގަކޮށް، ރޭ ކުރިއަށްގެންގޮސްފައިވާ އުރީދޫ މަސްރޭހުގެ ފޯރިގަދަ ގްރޭންޑް ފައިނަލްގައި، މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލާ ޒަހާ ވަޙީދު، އުރީދޫ މޯލްޑިވްސްގެ ބޯޑު މެންބަރު އަލް އުސްތާޒާ. ދީނާ ހުސައިން އާއި އުރީދޫ މޯލްޑިވްސްގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމް ވަނީ ބައިވެރިވެފައެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ "އުރީދޫ މަސްރޭސްގެ ސީޒަން 11 އަށް ޓީމްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ. ރާއްޖޭގައި ރަމަޟާން މަހު އެންމެ ގިނަ ބަޔަކު ފޯރިއާއެކު ބައިވެރިވާ އެއް އިވެންޓް ކަމުގައިވާ އުރީދޫ މަސްރޭސް ކޮވިޑް-19 އާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، މިއަހަރު އަލުން ފެށިއިރު، މި ހަރަކާތުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކުން ތިބީ ޝައުޤުވެރިކަމާއެކު އިންތިޒާރުކޮށްގެން. އެހެންކަމުން އުރީދޫ މަސްރޭސް 2022 ވެގެންމިދިޔައީ ވަރަށް ފޯރި ގަދަ ވާދަވެރި ސީޒަންއަކަށް. އުރީދޫ މަސްރޭސް ގެ ތާރީހުގައި ރެކޯޑް އަދަދަކަށް މަސް ބާނައިގެން ޗެމްޕިއަންކަން ނެންގެވި ޓީމް ސްޓެލްކޯ ކަނބަލުން ގެ އިތުރުން ވަނަތައް ހޯއްދެވި ހުރިހާ ފަރާތްތަކަށްވެސް  ވަރަށް ހޫނު މަރުހަބާ އާއި ތަހުނިޔާ ދަންނަވަން. މި އިވެންޓް ފޯރިގަދަ އަދި ކުލަގަދަ އިވެންޓްއަކަށް ހަދައިދިން ހުރިހާ ބައިވެރިންނާއި ސަޕޯޓަރުން އަދި ޕާޓްނަރުންނަށް ފަށްފަށުން ޝުކުރު އަދާކުރަން."

ސަރުކާރުގެ މުއައްސަސާތަކުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތައް ހިމެނޭގޮތަށް، ޖުމްލަ 23 ޓީމެއް މިއަހަރުގެ މަސްރޭހުގައި ވާދަކުރިއެވެ.

މިއަދު އޮންލައިން