ކާނުގާތައް ހަލާކުވެފަ ހުރުމުން ވެއްޓި އަނިޔާވާ މީހުންގެ ޝަކުވާ ބޮޑު! ގިނަ ޤައުމުތަކުގަ ކޯޓުން ބަދަލު ހޯދައިދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކާނުގާތައް ހަލާކުވެފަ ހުރުމުން ވެއްޓި އަނިޔާވާ މީހުންގެ ޝަކުވާ ބޮޑު! ގިނަ ޤައުމުތަކުގަ ކޯޓުން ބަދަލު ހޯދައިދޭ!

މާލޭގެ މަގުތަކުގައި ހަދާފައިވާ ކާނުތަކުގެ މަތީގައި އަޅާފައިވާ ގައުތައް ހަލާކުވެ ތަންތަންގަނޑު ނެއްޓިފައިހުރުމުން ވެއްޓި އަނިޔާލިބޭ މީހުންގެ ޝަކުވާތައް ދަނީ ގިނަވަމުންނެވެ. މިއީ ޙައްލު ނުކުރެވި އެތައް އަހަރެއްވެފައިވާ ބޮޑު މައްސަލައެކެވެ. 

އަނިޔާ ލިބުނު މީހަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފައުޅުކުރުމުން މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ބަޖެޓުގައި ފައިސާމަދުކަމަށެވެ. މިބާވަތުގެ މައްސަލަތައް ފާހަގަކުރެވުނު ނަމަވެސް މީގެކުރިން މާލެ ސިޓީގެ މޭޔަރުންގެ ޖަވާބެއްވެސް އޮންނަނީ ނުލިބިފައެވެ. މިފަހަރު މޭޔަރު ޖަވާބެއް ދެއްވުމުން އެނގެނީ ކަންކަން ރަނގަޅުކުރުމުގެ ނިޔަތް އެބަ އޮތްކަމެވެ. 

ގިނަ ޤައުމުތަކުގެ ކޯޓުތަކަށް މިބާވަތުގެ މައްސަލަތައް ހުށަހެޅުމުން މިބާވަތުގެ ކަންކަމުން ރައްޔިތުންނަށް ލިބޭ އަނިޔާއަށް ސަރުކާރު ޒިންމާކުރުވައި ބަދަލު ހޯދައިދޭކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި މިފަދަ މައްސަލައެއް އަދި މިހައިތަނަށް ކޯޓަށް ހުށަހެޅިކަން އެނގިފައެއް ނުވެއެވެ.

Really sorry to hear about this incident. "Kaanu mathi" issue is something really serious as there were NO drainage covers and we have been trying a lot to cast them. But due to severe budget shortage we are unable to make as many as the requirement. Pls let me know location.

މިއަދު އޮންލައިން