ރާއްޖެއައި ފަތުރުވެރިއެއްގެ އަތުން 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ރާއްޖެއައި ފަތުރުވެރިއެއްގެ އަތުން 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

 

ވައިގެ މަގުން ރާއްޖެއައި ފަތުރުވެރިއެއްގެ އަތުން 4 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ މިތަކެތި އަތުލައިގަނެފައިވަނީ 2022 މެއި 3 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށާއި  މިގޮތުން، އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން  (Cocaine – 4,226 grams) އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.226 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 21,000,000.00 (އެކާވީސް މިލިއަން) ރުފިޔާއަށް އަރައެވެ. މިމަސްތުވާތަކެތި މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައެވެ.

މިއަދު އޮންލައިން