"އަހަރެން އަނބިމިހާ ވަރިކޮށްފަ ރީމް އާ ގުޅެން ބޭނުންވަނީ މިހެންވެގެން. ނިކަން ބަލާބަލަ މިހާރު 10 ޖަހަނީ. އަނބިމިހާ ގެއަކު ނެތް. ސައިބޯނެ އެއްވެސް އެއްޗެއް ނެތް. ދަމުން އެވަރުވެސްކޮށްނުލާ އެދިއައީ. ބަނޑުހައިވެގެން މިހާރު ހާންތިވަނީ!"
"އަނބިމީހާ ދިއައީ ކޮންތާކަށްތަ؟"
"ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް!"
"އޯހ! ތިއަވަރުގެ މީހަކާ ކިހިނެއް އަހަރެން ކައިވެނިކުރާނީ؟ ފުރަތަމަ ކަމަކަށް ދަރިފުޅު ބަލިވީމަ ޑޮކްޓަރަށް ދައްކާކަށް ނުދޭ! ދެވަނަ ކަމަކަށް ތިމާކުރަންޖެހޭ ކަމެއްކުރަން ތިމާ ނުދިއައީމަ އަނބިމީހާ ގޮސްދިނީމަ އަމިއްލައަށް އެއްޗެއް ހަދާލައިގެން ކައިލާނެ ހިތްވަރެއްވެސް ނެތް! އެކަމަކު މިގެއަށް އައިސް މަށަށް އެބަ ކައްކައިވެސްދޭ! އެއީ މަގޭ ލޮލުގަ އަނދުން އަޅުވަންކުރާކަމެއްކަން މިއެނގުނީނު! ތިއަވަރުގެ މީހަކާ ވައިއެޅެންވެސް ހެޔޮނުވާނެނު! ކޮންމެވެސް އެހެން އަންހެނެއްގެ ލޮލުގަ ތިއަ އަނދުން އެޅުވޭތޯ ބަލާބަލަ! ޢުމުރަށް ސަލާމް! ދެން ނުގުޅާތި މަށަށް! މިގެއަށްވެސް ނާންނާތި!"
ފޯނުކަނޑާލުމުން ގުޅަން ބަލައިލިއިރު އިނީ ނަމްބަރު ބްލޮކްވެސް ކޮށްފައެވެ. ތަފާތު ސިމް ލައްވައިގެން ގުޅާގުޅާވެސް ފޯނެއް ނުނެގިއެވެ.
ކިޔުންތެރިންގެ ޚިޔާލަކީ ކޮބައިތޯ؟