ފައްޔާޟް ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވައިފިކަމަށް ބައެއް ނޫސްތަކުގަ ހާމަކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ފައްޔާޟް ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވައިފިކަމަށް ބައެއް ނޫސްތަކުގަ ހާމަކުރަން ފަށައިފި

އެމްޑީޕީގެ ޗެއާޕާސަން ހޮވަން މިއަދު ބޭއްވި އިންތިޚާބުގައި ފައްޔާޟް އިސްމާޢީލް ބޮޑުތަނުން އިމްތިޔާޒް ފަހުމީ (އިންތި) ބަލިކޮށް ކުރި ހޯއްދަވައިފިކަމަށް ބައެއް ނޫސްތަކުން ހާމަކުރަމުން ގެންދެއެވެ. 

މައުލޫމާތު ލިބޭ ގޮތުން ފައްޔާޟް މިހާރުވެސް ވަނީ 5000 އަށްވުރެ ގިނަ ވޯޓުން ކުރި ހޯއްދަވައިފައެވެ. 

މީގެ އިތުރުން އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާގެ މަޤާމް ރޮޒައިނާ އާދަމް ކާމިޔާބު ކުރައްވައިފިކަމަށްވެސް ބައެއް ނޫސްތަކުގައި ވަނީ ހާމަކޮށްފައެވެ. 

ނަތީޖާ މިގޮތަށް ނިމިއްޖެނަމަ އެކަން ވެގެންދާނީ ރައީސް ނަޝީދުގެ މައްޗަށް ރައީސް ޞާލިޙް ކުރި ހޯއްދެވުން ކަމަށް ގިނަބައަކު ބުނެއެވެ.

މިއަދު އޮންލައިން