މިދިއަމަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
މިދިއަމަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އިތުރުވެއްޖެ

ފާއިތުވި އޭޕްރިލް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 63 އިންސައްތަ ވަނީ އިތުރުވެފައެވެ.

ކަސްޓަމުން ބުނެފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހު ދިވެހިރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި ޢަދަދުވަނީ 4.7 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މީގެއިތުރުން، ފާއިތުވި އޭޕްރިލް މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 37 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ އޭޕްރިލް މަހު 265 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި ޢަދަދުވަނީ 362 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. 

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން ,އިންޑިއާ އަދި ޔޫ.އޭ.އީ އެވެ. އޮމާން އިން 1.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 655 މިލިއަން ރުފިޔާގެ މުދާ މުދާ ވަނީ އެތެރެކޮށްފައެވެ.

މީގެއިތުރުން ޔޫ.އޭ.އީ އިން 534 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. 

މިއަދު އޮންލައިން