އަސްކޮއި ޓްރެވަލް ސާވިސް- ޢުމްރާ ދަތުރު: ރަމަޟާން މަހު އެންމެ ކާމިޔާބު ދަތުރެއްކުރި އެއް ގްރޫޕް- ޒަމްޒަމް ފެންވެސް ގެނެވުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އަސްކޮއި ޓްރެވަލް ސާވިސް- ޢުމްރާ ދަތުރު: ރަމަޟާން މަހު އެންމެ ކާމިޔާބު ދަތުރެއްކުރި އެއް ގްރޫޕް- ޒަމްޒަމް ފެންވެސް ގެނެވުނު!

މިއަހަރުގެ ރަމަމާން މަހު ޢުމްރާއަށް މީހުން ގެންދިއަ ގްރޫޕްތަކުގެ ތެރެއިން އެންމެ ކާމިޔާބު ފަތުރެއް ކުރެވުނު އެއް ގްރޫޕަކީ އަސްކޮއި ޓްރެވަލް ސާވިސް- ޢުމްރާ ދަތުރު ކަމަށް ބައެއް ދަތުރު ވެރިން ފާހަގަކުރެއެވެ. 

ސަބަބުތަކުގެ ތެރޭގައި ކެއުމުގެ ފެންވަރު ރަނގަޅުވުމާއި ޚިދުމަތް ދިނުމުގެ ފެންވަރުވެސް ރަނގަޅުވުމާއި މައްކާ އާއި މަދީނާގައިވެސް ޙަރަމްފުޅާއި އެންމެ ގާތުގައި ތިބެވުން ފަދަ ކަންކަން ފާހަގަކުރެއެވެ. އެންމެ ޚާއްޞަގޮތެއްގައި ފާހަގަކުރާ އެއްކަމަކީ ގްރޫޕުގެ އެންމެންނަށްވެސް ޒަމްޒަމްފެން ގެނެވުނު ކަމެވެ. 

"ބައެއް ގްރޫޕްތަކުގަ ކެއުމުގެ މައްސަލަތައްޖެހިގެން މާލެއިން ކަޕްނޫޑްލްސްވެސް ގެންދަން ޖެހުނު. ތިބޭ ހޮޓާ ނޫން ތަނަކަށް ކާންދާންޖެހުމުންވެސް ދަތިތައް ކުރިމަތިވެގެން އަޅުގަނޑުމެންނާ ބައްދަލުވީމާ ވާހަކަދެއްކި. އެފަދަ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ކުރިމަތިވެފައެއް ނެތް. ހުރިހާ ޚިދުމަތްތަކެއްވެސް ހަމަ ވރަށް ފުރިހަމަ ކަމަށް ދަންނަވަން ޖެހެނީ." މައުލޫމާތުދިން ބައެއް މީހުން ބުނެފައިވެއެވެ. 

އެގްރޫޕުން ބުނީ ވީހައި ރަނގަޅު ފެންވަރުގައި ޚިދުމްތަދޭން ވަރަށް ބޮޑަށް މަސައްކަތްކުރިކަމަށާއި އެއްވެސް މީހެއްގެ ފަރާތުން ޝަކުވާއެއް ކުރަން ނުޖެހޭ ކަމަށެވެ. "އެންމެ ބޮޑު ކަމަކަށްވީ ޒަމްޒަމް ފެން ގެއުމުގެ ކަންތައް. އެކަންކުރެވުނީ ވަރަށް ބުރަ މަސައްކަތުން. އެކަންކަން ރާވަން ތަކްލީފްވެސް އުފުލަން ޖެހުނު. ބައެއް ޚަރަދުތައްވެސް އިތުރަށް ކުރަން ޖެހުނު. ނަމަވެސް ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއް ކަމަކީ އެއީކަމަށްވާތީ އަޅުގަނޑުމެން މަސައްކަތްކުރީ ކޮންމެގޮތަކުންވެސް އެކަން ކުރެވޭތޯ. އިރާދަފުޅާއެކު އެކަން ކާމިޔާބުކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަޅުގަނޑުމެންނަށްވެސް އަދި ދަތުރުވެރިންނަށްވެސް ލިބުނު." ކަމަށް ގްރޫޕުން ބުނެފައިވެއެވެ.

މިއަދު އޮންލައިން