ބޯހިމެނުމުގެ މަސައްކަތަށް ދެހާހަށްވުރެ ގިނަ މީހުން ހޯދަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ބޯހިމެނުމުގެ މަސައްކަތަށް ދެހާހަށްވުރެ ގިނަ މީހުން ހޯދަނީ!

ތަފާސް ހިސާބުތަކާއި ބެހޭ އިދާރާއިން މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތަށް ދެހާހަށްވުރެ ގިނަ މީހުން ހޯދަން  އިއުލާންކޮށްފިއެވެ.

ތަފާސް ހިސާބުތަކާއި ބެހޭ އިދާރާއިން ކުރި އިއުލާނެގައި ބުނެފައިވާނި މި އަހަރުގެ ބޯހިމެނުގެ މަސައްކަތައް 2005 މީހުން ހޯދަން ބޭނުންވާކަމަށެވެ.

ބޯހިމެނުގެ މަސައްކަތުގައި 7-11 ދުވަހު އުޅެފިނަމަ ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެގެ އެލަވެންސެއް ދޭއިރު އަދި އިތުރަށް 10 ރުފިޔާގެ އެލަވެންސެއްވެސް ދޭނެއެވެ. އަދި މިމަސައްކަތުގައި ބައިވެރިވާ މީހުންނަށް ދޭ އެއް ހަފުތާގެ ތަމްރީނު ފުރިހަމަ ކުރުމަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު މައުލޫމާތު ހޯއްދަވަން 3008400 ނުވަތަ 3008408 އަށް ގުޅުއްވައިގެން ހޯދޭނެއެވެ.

މިއަދު އޮންލައިން