ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އިއުލާން ކުރި "ގަރލްސް އިން ޑޭޓާ" ފަށައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން  އިއުލާން ކުރި "ގަރލްސް އިން ޑޭޓާ"  ފަށައިފި!

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން އިއުލާނުކުރި ޑޭޓާ ލިޓްރަސީ އިނީޝިއޭޓިވް,-"ގަރލްސް އިން ޑޭޓާ" ފަށައިފިއެވެ. ޕްރޮގްރާމްގެ ބައިވެރިންނާއި ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް އިން ބައްދަލުކޮށް ޕްރޮގްރާމްގެ އޮރިއެންޓޭޝަން ސެޝަންއެއް ވަނީ ދިރާގުގެ ހެޑް އޮފީހުގައި ކުރިއަށްގެންގޮސްފައެވެ.  

"ގަރލްސް އިން ޑޭޓާ" އަކީ  ޑޭޓާ އަށް ބަރޯސާވެފައިވާ މިއަދުގެ ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން އެޅޭ ފުރަތަމަ ފިޔަވަޅެވެ. އަދި  މިއީ މިފަދަ ޕްރޮގްރާމެއް ރާއްޖޭގައި ހިންގާ ފުރަތަމަ ފަހަރެވެ. 14 ސެޝަންއަށް ބަހާލައިގެން ދޮޅު މަސް ދުވަހަށް ދެމިގެންދާ މި ޕްރޮގްރާމުގައި ޑޭޓާ އެއްކުރުމާއި، އޭގެން މާނަ ދޭހަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް ޕްރޮގްރާމުގެ ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.  

"ގާލްސް އިން ޑޭޓާ" ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލެވުނީ ގްރޭޑް 5 އާއި 7 އާއި (10 އަހަރާއި 13 އަހަރާ) ދެމެދުގެ މާލެ ސަރަހައްދުގެ އަންހެން ކުދިންނަށް އަމާޒުކޮށެވެ. މި ޕްރޮގްރާމްގެ ސެޝަންތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.  މީގެ އިތުރުން  މިޕްރޮގްރާމް ސްޓަރކްޗަރ ކުރެވިފައިވަނީ ޑޭޓާ ބޭނުންކުރުމުގެ އަސްލު މިސާލުތަކާއި ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކަށް ޒިޔާރަތްކޮށް ފީލްޑް ޓްރިޕްތައްވެސް ހިމަނައިގެންނެވެ. އެއީ ބައިވެރިންނަށް ޑޭޓާ ބޭނުންކުރާ އަސްލު ހާލަތުތަކުގެ ތަޖުރިބާ ހޯދާދިނުމުގެ ބޭނުމުގައެވެ. 

ދިރާގާޢި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މައިގަޑު މަގުސަދަކީ، ޅައުމުރުގައިވެސް އަންހެންކުދިންގެ މެދުގައި ޑޭޓާ އާއި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި ޖެންޑަރ ގެޕް ކުޑަކުރުމަށް ބާރުއެޅުމެވެ. "ގަރލްސް އިން ޑޭޓާ" ގެ އިތުރުން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން "ގަރލްސް ޓު ކޯޑް" ސީރީޒް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެއެވެ.  

 

 

މިއަދު އޮންލައިން