ދިރާގުން ހިޔާ ކަސްޓަމަރުންގެ ތެރެއިން ޚިދުމަތްތަކަށް އެޕްލައި ކުރެއްވި 3 ފަރާތަކަށް އަގުހުރި ފައިސާގެ އިނާމު ތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ދިރާގުން ހިޔާ ކަސްޓަމަރުންގެ ތެރެއިން ޚިދުމަތްތަކަށް އެޕްލައި ކުރެއްވި 3 ފަރާތަކަށް އަގުހުރި ފައިސާގެ އިނާމު ތަކެއް!

ރާއްޖޭގެ އެންމެ ފުޅާދާއިރާއަކަށް މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކުށްދެމުންދާ ދިރާގުން ހުޅުމާލެ ދެވެނަ ފިޔަވަހީގައި އާބާދުވަމުންދާ ހިޔާ ކަސްޓަމަރުންނަށް ވަރަށް ޙާއްސަ ޕްރޮމޯޝަންއެއް ހުޅުވާލައި ނަސީބުވެއި ފަރާތްތައް އިއުލާން ކޮށްފިއެވެ. 

އެގޮތުން، ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޚިދުމަތައް އެދުނު ފަރާތްތަކުގެ ތެރޭން ގުރުއަތުން ހޮވުނު ނަސީބުވެރި 3 ފަރާތަކަށް ޖުމްލަ 50،000 ރ. ވަނީ ލިބިފައެވެ. ފުރަތަމަ ނަސީބުވެރި ފަރާތް ކަމުގައިވައި އަބްދުލް ރަހުމާން ޙަސަންއަށް 25،000 ލިބިގެންދިޔައިރު، ދެވަނައަށް ހޮވުނު ނަސީބުވެރިޔާ، އަހިމަދު ނާޒިމްއަށް 15،000 ރ. އަދި ތިންވަނަ ނަސީބުވެރިޔާ އަހުމަދު ޝިޔާމްއަށް 10،000 ރ. ވަނީ ލިބިފައެވެ. 

މީގެ އިތުރުން ދިރާގު ފައިބަރ ބްރޯޑްބޭންޑްއަށް އެދޭ ކަސްޓަމަރުންނަށް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ރައުޓަރ އެއްވެސް ވާޏީ ލިބިފައެވެ. އަދި ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށްވެސް ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން، ހިލޭ ޖޯއިބޮކްސް (ޑީކޯޑަރ) އެއްވެސް ލިބިގެންދިޔައެވެ. 

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 84 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 82 ރަށެއް ހިމެނެއެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 84% ރަށަކަށް ދިރާގުޓީވީގެ ޚިދުމަތް ފޯރިކޮށްދީފައެވެ.  

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް އަދި މުނިފޫހިފިލުވުމުގެ ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ތައާރަފުކުރުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން