ބާޒާރުގަ ކުނިބިސް ގިނަވެއްޖެ! ދަގަނޑުބޯޓުގެ ފަލްކާގަ ވައިބަންދުކޮށްގެން މިންގަނޑަށް ނުފައްތާ އެތެރެކޮށް ވިއްކާ ބިހާމެދު ހޭލުންތެރިވާންޖެހިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ބާޒާރުގަ ކުނިބިސް ގިނަވެއްޖެ! ދަގަނޑުބޯޓުގެ ފަލްކާގަ ވައިބަންދުކޮށްގެން މިންގަނޑަށް ނުފައްތާ އެތެރެކޮށް ވިއްކާ ބިހާމެދު ހޭލުންތެރިވާންޖެހިފަ!

ބައެއް ފިހާރަތަކަށް އެމީހުންގެ ގާތް ކަސްޓަމަރުން ނުވަތަ ވިއްކި ބިސް ކުނިވެއްޖެނަމަ އަނބުރާ ބިސްތައް ގެންނަ މިޒާޖުގެ ކަސްޓަމަރުން ދިއުމުން ބިސް ނުގަނެ ދިއުމަށް އެބަ ބުނެއެވެ. 

މިކަމުގެ އެންމެ ބޮޑު ސަބަބަކީ ރޯދައިގެ ފަހުން އިންޑިއާއިން ދަނގަނޑު ބޯޓުގެ ފަލްކާ ތެރޭގައި ބަހައްޓައިގެން ގެނައި ބިސްތައް ކުނިވެ، ހަލާކުވެފައި ހުރުމެވެ. ސީދާ ކުނިވަސް ނުދުވިނަމަވެސް ގޮބޮޅި އޮންނަނީ އެކުގައި ވިރިގެން ގޮސްފައެވެ. 

ދެވަނަ ސަބަބަކީ ބައެއް އެޖެންޓުން ރޯދައަށް ރާއްޖެ ފޮނުވަން ތައްޔާރުކުރި ޝިޕްމަންޓްތައް ފޮނުވޭނެ ގޮތް ނުވުމުން ގުދަނުގައި ދޮޅުމަސްދުވަސްދެން ގަދަހޫނުގައި ބަހައްޓާފައި ހަމަ އެ ބިސްތައް ރާއްޖެ ފޮނުވައިލުމެވެ. 

ކުކުޅުބިހަކީ ކާގޯތަކާ އެއްކޮށް ދަގަނޑު ބޯޓުފަހަރުގެ ފަލްކާތެރޭގައި ބަހައްޓައިގެން އެތެރެކުރަންޖެހޭ އެއްޗެއް ނޫނެވެ. އެންމެ އިތުބާރުހުރި ގޮތުގައި ކުކުޅުބިސް އެތެރެކުރެވޭނީ ކޮންޓޭނަރުގައެވެ. އެއީ އެކަމަށް ބޭނުންވާ ޓެމްޕްރޭޗަރުގައި ބެހެއްޓޭނެތީއެވެ. ކޮންޓޭނަރުތަކުގައި ބިސް އެތެރެކޮށް ރަނގަޅު ފެންވަރުގައި ވިއްކަމުން ގެންދަނީ އެންމެ 2،3، ކުންފުންޏަކުންނެވެ. 

ރަނގަޅު ފެންވަރުގައި އެތެރެކުރެވޭ ބިހުގެ މުއްދަތުހަމަވާ ތާރީޚްވެސް 3 މަސްދުވަސް އިނދެއެވެ. ނަމަވެސް އެނޫންގޮތްގޮތަށް އެތެރެކުރާ ބިހުގެ މުއްދަތުހަމަވާ ތާރީޚު އިންނަނީ އެތެރެކުރެވޭއިރުވެސް ގިނަފަހަރު މަހެއްހައި ދުވަހަށް ކައިރިވެފައެވެ. 

ބިހުގައި އެކްސްޕަޔަރީ ޑޭޓެއް ނުއިނދެއެވެ. އިންނަނީ ބިސްކޭހުގައެވެ. ކަސްޓަމަރުން ގިނަފަހަރު ގަންނަނީ ފިހާރަތަކަށް އިތުބާރުކޮށްފައެވެ. ވީމާ މިދުވަސްކޮޅު ބިސްގަންނައިރު ޚާއްޞަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމުކަން ފާހަގަކުރެއެވެ. އެބިހަކީ ޓެމްޕަރޭޗަރ ކޮންޓްރޯލްކުރި ކޮންޓޭނަރުގައި އެތެރެކޮށްފައިވާ ބިސްކަން ޔަޤީންކުރުން ވަރަށް މުހިންމެވެ. 

މިކަމުގެ ހައްލަކީ ދަގަނޑު ބޯޓުގެ ފަލްކާތެރޭގައި އާވިބަންދުކޮށްގެން އެތެރެކުރާ ބިސް ނުގަތުމެވެ. އެފްޑީއޭއިން މިފަދަ ކަންކަން ބަލައި އިޞްލާޙްކުރާނެ ކަމަށް އުންމީދުކުރުމެއްވެސް ނެތެވެ. އޮތީ އަމިއްލައަށް ހޭލުންތެރިވުމެވެ. ވީމާ ކިރިޔާވެސް ޙައްލަކަސް އޮތީ ޓެމްޕަރޭޗަރ ހިފަހައްޓައިގެން ކޮންޓޭނަރުގައި ގެންނަ ބިސްކަން ބެލުމަށްފަހު ގަތުމެވެ.

މިއަދު އޮންލައިން