ނިކަންވިދާޅުވެބައްލަވާށެވެ! މުޖުތަމައު ނިކަމެތިވެ، ބިކަވެ ފަސާދަވެ ދިއުމަށް ޙަދީޘްފުޅުގައި އޮތް މި 5 ކަންތަކުގެ ތެރެއިން މިއަދު ރާއްޖޭގަ ނެތީ ކޮންކަމެއްތޯއެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ނިކަންވިދާޅުވެބައްލަވާށެވެ! މުޖުތަމައު ނިކަމެތިވެ، ބިކަވެ ފަސާދަވެ ދިއުމަށް ޙަދީޘްފުޅުގައި އޮތް މި 5 ކަންތަކުގެ ތެރެއިން މިއަދު ރާއްޖޭގަ ނެތީ ކޮންކަމެއްތޯއެވެ؟

މުޖްތަމަޢު ސަލާމަތްކުރަންޖެހޭ 5 ކަންތައް

ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނު އަހަރެމެނާ ދިމާއަށް ކުރިމަތިފުޅު ލައްވާ ޙަދީޘް ކުރެއްވިއެވެ. އޭ މުހާޖިރިއްޔަ ބޭކަލުންނޭ! ތިޔަބައިމީހުނަށް އެ ފަސްކަމެއް ނުފެނި ސަލާމަތް ކުރައްވަތްތޯ ތިމަންކަލޭގެފާނު މާތްރަސްކަލާނގެ ކިބައިން އެދޭ ފަސްކަމެއް ވެއެވެ. 

އެ 5 ކަމަކަކީ މިއެވެ. 

1- ހަމަކަށަވަރުން ބަޔަކު މީހުންގެ ތެރޭގައި ޝަހުވާނީ ކަމުގެ ހުތުރު ފާފަތައް ފާޅުވެއްޖިއްޔާ، އެބަޔަކުގެ މެދުގައި ޠާޢޫނު ފާޅުނުވެ ނުދާނެއެވެ. އަދި އެބަޔަކުގެ ކާބަފައިންގެ ތެރޭގައި ނެތްހާ ވޭންތަކާއި، ނުބައި ބަލިތައް ފާޅުނުވެ ހަމަހިލާ ނުދާނެއެވެ. 

2- ބަޔަކު މީހުގެ މެދުގައި މިނުމާއި، ކިރުން ނުބައި ކޮށްފިއްޔާއި، އެބަޔަކުގެ ކިބައިން ބަރަކާތް ކެނޑިއްޖައުމާއި ތަދުމަޑު ޙާލު ބޮޑުވުމާއި،  ވެރިންގެ އަނިޔާލިބުމާއި، މިކަންކަން ނައިހެއް ނުދާނެއެވެ.  

3- ބަޔަކު މީހުންގެ މުދަލުގެ ޒަކާތް ނެރުން މަނާވެއްޖިއްޔާ ވާރޭ މަދުނުވެއެއް ނުދޭނެ. 

4- ބަޔަކު މީހުން މާތްރަސްކަލާނގެ ކިބައަށާއި، އެކަލާނގެ ރަސޫލާ ގެ ނަންފުޅުގެން ޢަހްދެއް އުވާލައިފިއްޔާ، އެބަޔަކުގެ މައްޗަށް ބޭރު ބަޔަކުގެ އަނިޔާ ނުލިބިއެއް ނުދާނެ. 

5- ބަޔަކު މީހުންގެ މެދުގާ ޝަރީޢަތް ރަގަޅަށް ނުހިނގަނީ ވިއްޔާ ފިތުނަފަސާދަ ބޮޑުވެ އެބަޔަކުގެ މެދުގާ އަރާރުން ތަކާއި ތަޅާފޮޅުން އިތުރު ނުވެއެއް ނުދާނެއެވެ.

- ނަސޭޙަތް

 

 

 

މިއަދު އޮންލައިން