\އަލްހިޖްރަ ގުރޫޕުން މިއަހަރުގެ އޮގަސްޓް އަދި އޮކްޓޯބަރު އަދި ޑިސެންބަރު މަހުގެ ދަތުރުތައް ކުރިއަށްވަނީ ހަމަޖެހިފައެވެ. އަލްހިޖްރަ ޢުމްރާ ގުރޫޕަކީ ތަޖުރިބާ ހުރި ޒުވާން ޓީމެއް ކުރިއަށްގެންދާ ގުރޫޕެކެވެ.
މި ގުރޫޕުގެ ކުރިއަށް އޮތް ދަތުރުތަކަށްވަނީ ޚާއްޞަާ ގުރޫޕެކެވެ. ަރު އަދި ޑިސެންބަރު މަހުގެ ދަތުރުތައް ކުރިއަށްވަނީ ހަމަޖެހިފައެވެ. އަގުތަކެއް ކަނޑައެޅިފައެވެ. އަގެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 26000 (ސައްބީސް ހާސް ރުފިޔާ) އަދި ސްކޫލް ކުދިންނަށާއި ގްރޫޕްތަކަށްވެސް ޚާއްޞަ ޑިސްކައުންޓެއް ކަނޑައެޅިފައިވާނެއެވެ.
މި ގުރޫޕް ތިބޭ ހޮޓަލަކީވެސް ޙަރަމާއި އެހާމެ ކައިރި ހޮޓަލެކެވެ. 3 މިނެޓާއި 5 މިނެޓާއި ދެމެދުގެ ވަޤުތެއްގައި ޙަރަމަށް ހިނގާލައިފައި ދެވޭނެއެވެ. ކޮންމެ ޢުމުރުފުރާއެއްގެ މީހަކަށްވެސް މިގުރޫޕުގެ ހޮޓަލުން ހިންގާލައިފައި އައުމަށް ދަތިކަމެއް ނެތެވެ. އަލްހިޖްރަ ގުރޫޕަކީ އެންމެ ކައިރި ހޮޓަލުގައި ތިބޭ ގުރޫޕެކެވެ.
މިގުރޫޕުގެ ފަރާތުން ޢުމްރާވެރިންނަށް ދިވެހީންގެ ކެއުން ދިވެހި ރަހަތަކާއިއެކު ލިބޭނެއެވެ. ގުރޫޕްގެ ވެރީންގެ ފަރާތުންނާއި އެހީތެރީންނަކީ ޢުމްރާވެރީންނަށް އެހާމެ ގާތްކަމެއް ބާއްވާ އަދި ހިތްހެޔޮ ބައެކެވެ. މިގުރޫޕުގެ ވެރީންގެ އެކުވެރިކަމާއި އޯގާތެރިކަމަށްޓަކައި ތަކުރާރުކޮށް މިގުރޫޕުން ދަތުރުކުރާ ފަރާތްތައް ގިނަކަން ފާހަގަ ކޮށްލެވެއެވެ.
އަލްހިޖްރަ ގުރޫޕުން ޢުމްރާއަށް ވަޑައްގަންނަވަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް ފަސޭހަކަމާއިއެކު ފައިސާ ދައްކާލުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ވަކިވަކިންވެސް ބަހާލައިގެންވެސް ފައިސާ ދައްކާލެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް 10000 ރުފިޔާ ދައްކާލެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް 7823006، 9195080 އަދި 7784524 މި ނަންބަރުތަކަށް ގުޅައިގެން ހަމަޖައްސާލެވޭނެއެވެ.
ގުރޫޕުގެ ފަރާތުން މައްކާ އަދި މަދީނާގެ ޒިޔާރަތް ދަތުރުގައި ދެކޮޅު ޓިކެޓް، ވިސާ އަދި އެދިލައްވާ ބޭފުޅުންނަށް ޠާއިފް ދަތުރާއި ވިޔަފާރިކޮށްލެއްވުމަށް ޖިއްދާ ދަތުރު އަދި ޢަޤީޤާ ކަތިލުމާއި ޞަދަޤާތުގެ ގޮތުގައި ކަތިލުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. ހަމައެހެންމެ ކޮންމެ ބޭފުޅަކަށް 5 ލީޓަރުގެ ޒަމްޒަމް ފެންފުޅިއެއް ލިބިވަޑައިގަންނަވާނެއެވެ.
މިގުރޫޕުގެ އޮފީސް ހުންނާނީ ނެނދުންގޯޅި މ.ޗާންދަނީވިލާ ގެ ގްރައުނަޑް ފްލޯގައެވެ. ޖާގަ ކަށަވަރުކުރެއްވުމަށް ރަޖިސްޓްރީކޮށްލެއްވުމުގެ ފުރުޞަތު އަވަހަށް ހޯއްދަވާ! ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު އަޅުގަނޑުމެން އިޚްތިޔާރުކުރައްވާ! ކުރިޔަށް އޮތް ރޯދަމަހާއި ޢުމްރާ ދަތުރުތަކަށްވެސް ރަޖިސްޓަރީ ކޮށްލެއްވުމުގެ ފުރުސަތުވެސް ލިބިލައްވާނެއެވެ.