ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ. 

ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ކިޑްސް ފުޓްބޯލް ފިއެސްޓާގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދެވެ. އަދި ސޮކާ ވެޓެރަންސް އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަލީ ޝަމީމެވެ.

މިރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ވާހަކަދައްކަވަމުން ޖައިޝަން ވިދާޅުވީ މި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން، މި މަހުގެ ހަވަނަ ދުވަހާ ހަމައަށް ހެންވޭރު ދަނޑުގައެވެ. 

ސްކޫލްތަކުގެ ގްރޭޑް 1 އަދި 2 ގައި ކިޔަވަމުންދާ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި މާލެ ސަރަހައްދުން 20 ސްކޫލެއް ބައިވެރިވެވޭނެއެވެ.

މިއަދު އޮންލައިން