ވިލިނމާލެ ފަރުމަތީގަ މިދުއްވާ އުޅަނދުތަކުން ފަރަށް ގެއްލުން ލިބިފައިވާވަރު އީޕީއޭ އިން ބަލާލުން ކީއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ވިލިނމާލެ ފަރުމަތީގަ މިދުއްވާ އުޅަނދުތަކުން ފަރަށް ގެއްލުން ލިބިފައިވާވަރު އީޕީއޭ އިން ބަލާލުން ކީއްތޯ؟

ރާއްޖެއަކީ ފަރެއްގައި ބޯޓެއް ބީހިލިނަމަވެސް ބޮޑެތި އަދަދުތަކުން ޖުރުމަނާކުރާ ޤައުމެކެވެ. ސަބަބަކީ ރާއްޖެ، ދިރި ދެމިއޮތުން ގުޅިފައިވަނީ ފަރުތަކުގެ ދިރުމާއި ކަމަށްވެފައި ފަރުތަކުގެ ދިރުން ގުޅިފައިވަނީ ފަރުތަކުގެ ސަލާމަތްތެރިކަމާއިކަމަށްވުމުންނެވެ.

ވިލިމާލޭގައި ބްރިޖްގެ ކޮޅު ފޯރާ ސަރަހައްދު ހިމެނޭ މުޅިއެފަރާތުގެ ފަރުމަތީގައި ކޮންމެ ދުވަހަކު ބަރުއުޅަނދެއް އެދުއްވަނީ ހަމަ ދުއްވަންޖެހޭ ސަރަހައްދުގައިތޯ އާއި ފަރަށް ގެއްލުންދީ ފަރުމަރަމުން އެގެންދަނީ ހަމަ އެކަންކުރެވެއޮތް އެންމެ ކުޑަމިނުންކަން އީޕީއޭ އާއި އަމިއްލަ ޖަމިއްޔާތަކުން ބަލައިލުމަކީވެސް އެންމެ ރަނގަޅުކަމެއް ނޫންތޯއެވެ؟ 

ބްރިޖް އަޅާބައަކު ބްރިޖް އަޅާފައި ފުރައިގެންދާނީއެވެ. އެއިގެ އަގު އަދާކުރަންޖެހޭނީ ދިވެހިރައްޔިތުންނެވެ. ދިވެހިރައްޔިތުން ދަރަނިވެރިކުރުވާފައި އަދި އެއިގެ އިތުރުން ރަށްތަކުގެ ދިރުން ޙިމާޔަތް ނުކުރެވުނީމާ އެކަމުގެ ދެރަވެސް ލިބޭނީ ހަމަ ދިވެހިރައްޔިތުންނަށެވެ. 

މީގެކުރިންވެސް ރާއްޖޭގައި އެއޮތީ ބްރިޖެއް އަޅައިފައެވެ. މިބާވަތުގެ ވެހިކަލްތައް ދުއްވައި ފަރުތަކަށް ގެއްލުންދީފައެއް ނުވެއެވެ. ފަރަށް ލިބޭ ގެއްލުން 100 އަހަރަށް ދެމިގެންދާކަމާއި އަލުން ނުދިރުވޭކަން ގްރޭޓްބޭރިއަރރީފުގެ ދިރާސާތަކުން ދަނީ އެނގެމުންނެވެ. 

އީޕީއޭ އާއި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމާއަތްތަކުން މިއީ މިހާރުން މިހާރަށް ވެސް ދުނިޔޭގެ ސަމާލުކަމަށް ގެންނަންޖެހިފައިވާ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ގިނަބައަކުދަނީ ފާހަކަކުރަމުންނެވެ. އަދި މިއީ ވީހާ އަވަހަކަށް އދގެ ސަމާލުކަމަށް ގެންނަންޖެހޭ މައްސަލައެއްކަންވެސް ގިނަބައަކު ދަނީ ފާހަގަކުރަމުންނެވެ. 

މިފަދަ ބޮޑެތި ގެއްލުންތައް ފަރުތަކަށް ދެމުން ދުނިޔޭގެ ލޮލުގައި އަނދުން އަޅުވައި މެޑްލްޖަހައި އެވޯޑް ހޯދަން ބޭނުންވެގެން ފަޤީރުން ބޭނުންކުރާ ކޮތަޅަކުން 2 ރުފިޔާ ސަރުކާރަށް އަތުލަން ފަށަން މިހާރު އެގެންދަނީ މަސައްކަތްކުރަމުންނެވެ. 

 

މިއަދު އޮންލައިން