އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ރަސޫލާ ޞޢޥ, އަށް ފުރައްސާރަކުރުން އައިއޯސީސީ އާ ޑރ. އިޔާޟް ކުށްވެރިކުރައްވައިފި- އަދާލަތު ޕާޓީގެ އަޑެއް ނީވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ރަސޫލާ ޞޢޥ, އަށް ފުރައްސާރަކުރުން އައިއޯސީސީ އާ ޑރ. އިޔާޟް ކުށްވެރިކުރައްވައިފި- އަދާލަތު ޕާޓީގެ އަޑެއް ނީވޭ!

އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި ކުރުން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްވެ ހުންނަވައި ހިންގަވާ އައިއޯސީސީ އިންނާއި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރައްވައިފިއެވެ. 

އައިއޯސީސީގެ ޓްވީޓުގައިވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި ކުރުން އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރައްވާކަމަށާއި މިފަދަ ޢަމަލުތަކަކީ ބަލައިގަނެވޭނެކަންކަމެއްނޫންކަމަށެވެ. އަދި ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގެ އެންމެހާ މުސްލިމުންގެ އިޙުތިރާމް ހޯއްދެވިކަމަށެވެ. 

ޑރ. އިޔާޟް ވަނީ އެ ޓްވީޓަށް ތާއީދުކުރައްވައި، ޓްވީޓް ރީޓްވީޓްކުރައްވައިފައެވެ. އަދި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. 

" ރަސޫލާ ﷺ ކުރައްވާފައިވާ ކައިވެނިފުޅުތަކަކީ އޭގެ ފަހަތުގައި އުއްމަތުގެ ވަރަށް ގިނަ މަޞްލަޙަތުތަކެއް ހިމެނޭ ކަމެއް.އެކަމުގެ ޙަޤީޤަތް ނޭނގި ނުވަތަ އެނޫންގޮތަކަށްނަމަވެސް އެކަލޭގެފާނުގެ އަބުރާއި ޢިއްޒަތަށް ގެއްލުން ލިބޭފަދަ ބަހެއް ބުނުމަކީ މުޅި އިސްލާމްދީނަށް ކުރެވޭ ފުރައްސާރައެއް.

މިފަދަ ކަންކަމާއި ދެކޮޅަށް މުޅި އިސްލާމީ އުއްމަތް ތެދުވެ އިންކާރު ކުރަންޖެހޭ. ދުނިޔަވީ ގޮތުން ކިތަންމެ ބާރުގަދަ ބަޔަކު ނަމަވެސް އެހެންމީހުންގެ ދީނަށާއި އިޙްސާސްތަކަށް އިޙްތިރާމްކުރަންޖެހޭނެ." ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ. 

އައިއޯސީސީ އިން މިފަދަ މޭރުމަކުން ވިދާޅުވެފައިވާއިރު އިސްލާމް ދީން ޤަބޫލުނުކުރާ ކާފިރުންވެސް ރަސޫލާ ﷺ އަކީ ދުނިޔެ ދެކެފައިވާ އެންމެ މަޤްބޫލް ޝަޚްޞިއްޔަތުކަމަށް ކަނޑައަޅައި ބަޔާންތައްވަނީ ނެރެފައެވެ. އެ މަތިވެރި ދަރަޖަ ރަސޫލާ ﷺ އަށް ވަނީ އަރުވައިފައެވެ. 

-އައިއޯސީސީގެ ރައީސް، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ އިންޑިއާގެ ލީޑަރު މަހާތުމާ ގާންދީ މުޙައްމަދު ނަބީކަލޭގެފާނާމެދު ވިދާޅުވެފައިވާ ހެޔޮ ބަސްފުޅުތަކުން އިންޑިއާގެ އަދުގެ ޖީލުގެ ދަރީން ނަމޫނާ ލިބިގަންނަންޖެހޭކަމަށާއި ގާންދީއަކީ ތަފާތު ސަޤާފަތްތައް އެއްބައިވަންތަކުރެއްވި ޒަޢީމެއް ކަމަށެވެ. 

އިންޑިއާގައި މުސްލިމުން ނައްތާލުމުގެ ޙަރަކާތްތައް ބާރުސްޕީޑުގައި ކުރިއަށް ގެންދަންފޭށީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ހިންދޫ ބީޖޭޕީ ސަރުކާރަށް ވެރިކަމަށް އައުދެވުމުންނެވެ. އަދި އެސްރުކާރަށް އެންމެ ބޮޑު ހިތްވަރަކަށްވަނީ ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖެ އިންޑިއާގެ މިހާރުގެ ސަރުކާރަށް އިމެއްނެތި ތާއީދުކުރާކަން ކަމަށް އިންޑިޢާގެ މުސްލިމުންގެ ގިނަ ބައަކުވެސް ފާހަގަކުރެއެވެ. 

ދިވެހިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މުޞީބާތަކީ މުސްލިމުންނަށް އަނިޔާކުރުމުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީންނާއި އެއްދަރަޖައިގައި މުސްލިމުންނަށާއި އިސްލާމްދީނަށް ގޯނާކުރާ އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާ، މިތުރު ކަމަށް ޜާއްޖޭގެ މިހާރުގެ ސަރުކާރުން ބަލައިގަނެ އެނުބައި ނުލަފާ މީހުންނަށް ރާއްޖެ އަޅުވެތިކުރުވަމުން ގެންދާކަމެވެ. 

މިފަދަ ކަންކަމުގައި ބަސްބުނުމުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ސަރުކާރުގެ ބައިވެރިޔާ، ޢަދާލަތު ޕާޓީގެ ބަހެއް މިކަމުގައިވެސް އަދި މިހައިތަނަށް އަޑުއިވިފައެއް ނެތެވެ. 

 

މިއަދު އޮންލައިން