އަނބިދަރިންނަށް ޚަރަދުކުރާށާ ގޭގެ ބިލްތައް ދައްކާނެ ފައިސާ ނެތިފަ ބޮޑުއަގު ދީފަ "މަސާޖް" ކުރުން ހުއްޓާލައިގެން ނޫނީ ދަތިކަމެއް ނުފިލާނެ ނޫންތޯ؟: ވަޙީދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަނބިދަރިންނަށް ޚަރަދުކުރާށާ ގޭގެ ބިލްތައް ދައްކާނެ ފައިސާ ނެތިފަ ބޮޑުއަގު ދީފަ "މަސާޖް" ކުރުން ހުއްޓާލައިގެން ނޫނީ ދަތިކަމެއް ނުފިލާނެ ނޫންތޯ؟: ވަޙީދާ

އަނިބިންނަށް ހަދިޔާ ދިނުމާއިބެހޭ ގޮތުން މިއަދުނޫހުގައި އިއްޔެ ލިޔެފައިވާ ލިޔުން އަޅުގަނޑުވެސް ކިޔައިލީމެވެ. ކޮމެންޓްތައްވެސް ކިޔައިލީމެވެ. އަދި ބައެއް އެކުވެރިން ދެއްކި ވާހަކަތައްވެސް އަޑުއެހީމެވެ. 

އަޅުގަނޑު މިވާހަކަ މިބުނަނީ ކޮންމެހެން ހަދިޔާދޭނެ ފައިސާ ނެތިގެން ކޮމެންޓްކުރި ކިޔުންތެރިންނަކަށް ނޫނެވެ. އެމީހުންނަކީ ހަމަ ޙަޤީޤަތުގައިވެސް ދަތިޙާލުގައި ތިބި ބައަކަށްވެސް ވެދާނެއެވެ. އެކަމަކުވެސް ބުނެލަން ބޭނުމީ ލާރި ނެތް ފިރިން އަމަލުކުރަންވީ ގޮތްވެސް އެލިޔުމުގައި ބަޔާންކޮށްފައި އޮތްކަމެވެ. 

އަޅުގަނޑު ބުނެލަން ބޭނުމީ ހަދިޔާ ދިނުމުގެ އިތުރުން އަނބިންނަށް ކޮށްދޭން ޖެހޭ ކަންކަން ފައިސާ ނެތްކަމަށްބުނެ ކޮށްނުދޭ ފިރިން އެކުވެރިން ގޮވައިގެން ކޮފީތަކުގައި އިންދާ ފެންނަނީ އެތަންތަނުން ހިލޭ ކޮފީދޭތީ ހެއްޔެވެ؟ ދަތިޙާލުގައި ހުރިކަމަށް އަނބިން ގާތުގައި ބުނެފައި އައިސް ރައްޓެހިންނާއިއެކުގައި ކޮފީ ބޮޔެފައި ބިލްކަނޑާލާތަން އެތައް ފަހަރަކު ވަނީ އަޅުގަނޑަށް ފެނިފައެވެ. އަދި އެކަން ފާހަގަކޮށް އަޅުގަނޑުގެ ފިރިމީހާވެސް އަޅުގަނޑު ގާތުގައި އެތައް ފަހަރަކު ވަނީ އެވާހަކަދައްކައިފައެވެ. "އެކުވެރިންގެ ތެރެއިން މިވެނި މީހަކު މިއަދުވެސް ކޮފީއަށް މިހާވަރުގެ ބިލެއް ކަނޑައިލި" ކަމަށް ބުނެއެވެ. 

ވީމާ ބުނެލަން ބޭނުމީ ޚިޔާލުތަފާތުވި ނަމަވެސް މިއީ ހަމަ އޮތް އިޖުތިމާޢީ މައްސައްލައެއް ކަމަށެވެ. އަނބިދަރިންނަށް ޚަރަދުކުރަންވުމުން ފައިސާ ނެތިފައި، ގޭގެ ބިލްތައް ދައްކާނެ ފައިސާ  ނެތިފައި ނަން މަޝްހޫރު ސެލޫންތަކަށާއި މަސާޖްޕާލާތަކަށްގޮސް  ބޮޑުއަގުދީފަ "މަސާޖް"ކުރުން ހުއްޓާލައިގެން ނޫނީ ދަތިކަމެއް ނުފިލާނެ ނޫންތޯއެވެ.؟ 

- ވަޙިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން