ވިލިމާލޭ ހޮސްޕިޓަލުގައި ތުއްތުކުދިންނަށް ވެކްސިންޖަހަން މިއަދު އަލުން ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ވިލިމާލޭ ހޮސްޕިޓަލުގައި ތުއްތުކުދިންނަށް ވެކްސިންޖަހަން މިއަދު އަލުން ފަށަނީ

ވިލިމާލެ ހޮސްޕިޓަލުގައި ވެކްސިން ޖެހުމުގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ އިރުޝާދާ އެއްގޮތަށް، އައި.ޖީ.އެމް.އެޗްގެ ބެލުމުގެ ދަށުން ޖޫން 8 އިން (މިއަދުން) ފެށިގެން އަލުން ވެކްސިން ދޭން ފަށާނެ އެވެ. 

ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ތުއްތުކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާ ގުޅިގެން، ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލެވިފައިވާތީ، މިކަމުގެ ސަބަބުން މި ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވި ދަތިތަކަށް ހޮސްޕިޓަލުގެ ފަރާތުން ނިހާޔަތަށް  މަޢާފަށް އެދެމެވެ. މި މައްސަލަ ތަހުޤީޤުކޮށް މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅާފައެވެ.

 

 

 

މިއަދު އޮންލައިން