މާލޭގެ މަގުތަކުގައި ޚާއްޞަކޮށް މަޖީދީ މަގުގައި ޕޭމަންޓްމަތީގައާއި މަގުމަތީގައި ހުއްޓިތިބޭ ބިދޭސީންތައް ގިނަވުމުގެ ސަބަބުން މަގުން ހިނގާ އަނހެނުންނަށް ވަޏީ ބޮޑު ބިރުވެރިކަމަކަށްވެފައެވެ.
ބައެއް ފަހަރު ޕޭމަންޓުން ހިނގަން ބިރުން މަގުމަތިންވެސް ދާން ޖެހެއެވެ. ހަމައެފަދައިން ކުޑަކުދިން ގޮވައިގެން ހިނގާ އަންހެނުންނަށް ވެސް މި މައްސަލަ ކުރިމަތިވެ އެތައް ތަކްލީފްތަކެއް ދަނީ ޖެހެމުންނެވެ. ފިރިހެނުންނަށްވެސް އެމީހުންގެ ގައިގައި އަޅައި ނުގަނެ ނުހިނގޭތީ ވަނީ ބޮޑު އުނދަގުލަކަށްވެފައެވެ.
މިކަންކަމަށް ކަންބޮޑުވާ ސަރުކާރުގެ އިދާރާއެއް ހުރިކަމަކަށް ނުފެނެއެވެ. ބައަކު ޝަކުވާކޮށްފިނަމަ ފުލުހުން ކޮންމެވެސް މަންޒަރެއްދައްކަން އެވަގުތު އެޕިސޯޑެއް ކުޅެލިނަމަވެސް ދާއިމީ ޙައްލެއް ގެންނަން ކުރެވޭ އެއްވެސް މަސައްކަތެއް ނުފެންންކަން ގިނަބައަކު ފާހަގަކުރެއެވެ.
ގިނަ ބައަކު ބުނަނީ މަގުމަތިން ދުއްވާ ފުލުހުންނަށް ފެނިގެން އެކަން ހުއްޓުވަން މަސައްކަތްކުރާނަމަވެސް އެމީހުންނަށް ދާއިމީ ގޮތެއްގައި މަގުމަތީގައި ބަނޑަހަ ޖަހައިގެން އެގޮތަށް ނުތިބެވޭނެ ކަމަށެވެ. "ގިނައިން ތިބެނީ ފެންނުވަރާ ކުނިވަސް ދުއްވައިގެން. އަރާ ހަމަވީމާ ދުވާވަހުން ހޮޑުލަވާ! އެކަމަކު ކީއްކުރާނީ؟ މިޙާލަތުން ރައްޔިތުން ސަލާމަތްކޮށްދެވޭނެ ވެރިކަމެއް ދެއްވުން އެދި ދުޢާކުރުން ނޫން ކަމެއް ކުރެވޭކަށް ނެތް! ރައީސް ވިދާޅުވަނީ ހާހުން މީހުން ބޭރުކުރާ ވާހަކަ! މަގުތަކަކުން މަދެއް ނުވޭ! މާރުކޭޓަކުން މަދެއްނުވޭ! އެފޮނުވަނީ ރަށަށް ޗުއްޓީގަ ދާން ބޭނުންވެގެން ތިބޭ މީހުންހެން ހީވަނީ!" ބައެއް މީހުން ބުނެފައިވެއެވެ.
Kihaa bodu balaaverikameh mee! Thanakun angen kujjeh dhaairah aiy foaruvaa behen! @M_Hameedh @PoliceMv . pic.twitter.com/KTjyG7T3MM
— Muhammad Aiysh (@Muhammad_Aiysh) June 10, 2022