"މުޖްތަމަޢުގައި މީސްމީހުން ހިންގާ ހަޑިމުޑުދާރު ޢަމަލުތައް ފެތުރުމަކީ އެކަންކުރާ މީހުންނަށް ދެވޭ ހިތްވަރެއް." : ޑޜ. އިޔާޟް
ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ އެސްޓީއޯ އިން ބޭއްވި އިވެންޓެއްގައި ހިންދޫ ކަލާނގެ ޕްރަމޯޓްކުރުމުގެ ޢަމަލެއްކަމަށް ބެލެވޭ ޙަރަކާތެއް ކުރިއަށް ގެންދިއުމުން އެކަމަށް ނުރުހުން ފައުޅުކޮށް އެއިގެ މަންޒަރުތައް ހިމެނޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ފަތުރާތީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލައްވައެވެ.
އިންޑިއާއަކީ އަބަދުވެސް އެމީހުންގެ ދީނީ ކަންކަން ޜާއްޖޭގައި ފަތުރަން މަސައްކަތްކުރަމުން އަންނަ ޤައުމެކެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެންފެށިފަހުން މިކަންކަން އަންނަނީ އެކި ސިފަސިފައިގައި އިތުރުވަމުންނެވެ. އެންމެފަހުން ސަރުކާރުގެ އެންމެ ބޮޑު ކުންފުނިތެރެއިންވެސް އެފަދަ ޙަރަކާތްތައް މިވަނީ ހިންގުވައިފައިކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.
