"ހަރުކަށި ފިކުރު ނައްތާލުމުގެ ނަމުގައި ރަށްރަށުގައި ބާއްވާ ވޯކްޝޮޕްތައް މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން ފެތުރޭފަދަ ގޮތްތަކަށް މަޢްލޫމާތު ދެއްވާ ބޭފުޅުން އެއީ ހަރުކަށިފިކުރުގެ ބާނީންކަމުގައި މެނުވީ ނުވާނެއެވެ."
- ޑރ. އިޔާޟް
ޑރ. އިޔާޟްވަނީ އެންސީޓީސީ އާއި އެދިޔުކޭޝްން މިނިސްޓްރީ އާއި "މިޔުޒިކް ކުޅެން, އަދި ލަވަކިޔަން ބޭނުން ނުވާ ކުއްޖަކު ލައްވާ ކޮންމެހެން އެކަން ކުރުވަންޖެހެނީ އަދި އެކަންކުރަން ދެކޮޅު ހަދާ ދަރިވަރު އެއީ ހަރުކަށި ފިކުރުގެ ކުއްޖެއްގެ ގޮތުގައި ލޭބަލްކުރަނީ ކޮން ޙައިޘިއްޔަތަކުންތޯ؟" ސުވާލުކުރައްވައިފައެވެ.
ދުވަސްކޮޅަކުން ހިލޭ އަންހެނުންނާއި ފިރިހެނުން "ޑޭޓް" ނުކުރުމަކީވެސް ހަރުކަށި ފިކުރުކަމަށް ކަނޑައެޅުމަކީ ވަރަށް ގާތްކަމެއްކަން މިދަނީ އެނގެމުންނެވެ.
"މުސްލިމުންގެ އުފާވެރި ޢީދު ފާހަގަކުރުމުގެ ނަމުގައި ޙަރާމްކުރެއްވި ޝޯވތައް ބާއްވާ, ވަކިން ޚާއްޞަގޮތެއްގައި އެފަދަ މުންކަރާތްތައް އުވިގެން ގޮސްފައިވާ ރަށްތައް ބަލައިގެން އެމުންކަރާތްތައް ޢާއްމުކުރަން މަސައްކަތްކުރުމަކީ ހަރުކަށި ލާދީނީ ފިކުރުގެ ޢަމަލެއް."
- ޑރ. އިޔާޟް
"ދަރިވަރުން ކިޔަވާހިތްވާ ދާއިރާ އަކުން ކުރިޔަށް ދިޔުމަށް ފުރުޞަތު ދިނުމަށާއި ވަކި ދާއިރާ އަކުން ކިޔަވަން މަޖްބޫރު ނުކުރުމަށް ސްކޫލުތަކަށް ސާރކިޔުލަރ ފޮނުވުމަށްފަހު އެސެމްބްލީގައި ލަވަނުކިޔާ ކުއްޖާ ނުވަތަ މިޔުޒިކް ކިޔަވަން ބޭނުންނުވާ ކުއްޖާ ބާކީކޮށް ލޭބަލްކޮށް ހެދީމާ"
- ޑރ. އިޔާޟް
"އެންސީޓީސީގެ ބަހާ ޢަމަލު ދިމައެއް ނުވެއެވެ. ކިތަންމެ ވަރަކަށް ﷲގެ ނޫރުފުޅު ފޮހެލަން އަނގަތަކުން ފުމުނު ނަމަވެސް، އަދި ބަޔަކު ކިތަންމެ ނުރުހުނަސް، ﷲ އެއިލާހުގެ ނޫރުފުޅު ފުރިހަމަ ކުރެއްވުމަށް މެނުވީ އިރާދަ ނުކުރައްވާނެ."
- ޑރ. އިޔާޟް
"ހަރުކަށި ފިކުރު ނައްތާލުމުގެ ބޭނުމުގައި ކަމަށްބުނެ ދަރިވަރުންގެ ޢަޤީދާ ފާސިދުވާފަދަ ވާހަކަތައް ފަތުރާ، ދަރިވަރު ލައްވާ ގަދަކަމުން މިޔުޒިކް ކުޅުވަން އުޅޭ އުޅުމަކީ ހަރުކަށިފިކުރުގެ ޢަމަލެއް"
- ޑރ. އިޔާޟް
"ކުއްޖެއްގެ ހިތުގައި ނަމާދަށް ލޯބިޖެހި އަދި ބަންގި ގޮވުމާއިއެކު، ކުރަންހުރި ކަމެއް ދޫކޮށްލާ ނަމާދަށްދާން އުޅުމަކީ ހަރުކަށިފިކުރުގެ ޢަލާމާތެއް ކަމުގައި ކަނޑައެޅޭނެ އެއްވެސް ހަމައެއް ނޯންނާނެ. ތިޔަ ކަހަލަ ލާދީނީ ވާހަކަ ފެތުރުން އެއީ ހަރުކަށިފިކުރުގެ ބިންގާ."
- ޑރ. އިޔާޟް