އިންޑިޔާގެ ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ އަގު 4 މިލިއަން ރުފިޔާއަށް އަރާ!

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
އިންޑިޔާގެ ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ އަގު 4 މިލިއަން ރުފިޔާއަށް އަރާ!

އިންޑިޔާގެ ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ އަގު 4 މިލިއަން ރުފިޔާއަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

މިކަމާގުޅިގެން ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2022 މެއި 29 ވަނަ ދުވަހު އިންޑިޔާގެ ޓުޓިކޮރިންއިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފު އެއްޗެއް ހުރިކަމަށް ޝައްކުކުރެވިގެން، އެ މުދާ ބަލައި ފާސްކުރުމަށްޓަކައި މާލޭ ވިޔަފާރި ބަނދަރުގައި، 09 ޖޫން 2022 އިން 11 ޖޫން 2022 އަށް ކަސްޓަމްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.

މި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15.5 ކިލޯ އަތުލާފައިވާއިރު، މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4 މިލިއަން ދިވެހި ރުފިޔާއަށް އަރާކަމަށް  ކަސްޓަމްސް އިން ބުނެފައިވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި މިތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

މިއަދު އޮންލައިން