2022 ވަނަ އަހަރު ސެޕްޓެމްބަރ މަހު ފަށާ 4 ވަނަ ބެޗުގެ ކޯހަށްވަނުމުގެ އެޕްލިކޭޝަން 14 ޖޫން 2022 ގައި ހުޅުވާލައިފިއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ތާރީޚަކީ 11 އޮގަސްޓް 2022 އެވެ. ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމް ވިލާކޮލެޖަށް ނުވަތަ ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ވެސް ހުށަހެޅިދާނެއެވެ. އަދި އޮންލައިންކޮށްވެސް ވިލާކޮލެޖަށް އެޕްލިކޭޝަން ފޮނުވިދާނެއެވެ.
މިކޯހުގައި ކިޔަވައިދޭނީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިއްމު 3 ބައި ކަމުގައިވާ، ފްރޮންޓް އޮފީސް، ހައުސް ކީޕިން އަދި ފުޑް އެންޑް ބޭވަރޭޖް ސަރވިސަސް އެވެ.
ކޯސް ފަރުމާކުރެވިފައިވަނީ %20 ތިއަރީ އަދި %80 ޕްރެކްޓިކަލް ހިމެނޭ ގޮތަށެވެ.
ތިއަރީ ކްލާސްތައް ކުރިއަށް ގެންދެވެނީ ވިލާކޮލެޖު ގައެވެ. އަމަލީ ތަމްރީނުތައް ކުރިއަށް ގެންދެވެނީ ޔުނިވަރސަލް ރިސޯޓްތަކުގައެވެ.
މިކޯހުގެ ހުރިހާ ޚަރަދެއް ކުރަނީ ޔުނިވަރސަލް ފައުންޑޭޝަނުންނެވެ.
ކޯހުގެ މުއްދަތުގައި އެލަވަންސްގެ ގޮތުގައި މަހަކު -/3000 (ތިންހާސް) ރުފިޔާ ކޮންމެ ބައިވެރިއަކަށް ތަމްރީނުހޯދާ ރިސޯޓުން ދޭނެއެވެ.
ކޯސް ނިންމި ދަރިވަރުންގެ ތެރެއިން ގާތްގަޑަކަށް %85 ނުވަތަ އެއަށްވުރެ ގިނަ ދަރިވަރުން މިހާރު ތިބީ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާ ގައެވެ.
މި މޮޑެލް މިހާތަނަށް ވަރަށް ކާމިޔާބުކަމަށް ފާހަގަ ކުރަމެވެ.
މި ޕްރޮގްރާމަކީ ޔުނިވަރސަލް ފައުންޑޭޝަންގެ އިޖުތިމާޢީ ޒިންމާގެ ދަށުން 2017 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ދިވެހި ޒުވާނުންނަށް ތަޢުލީމާ ތަމްރީނު ދިނުމަށްފަހު ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ދެއަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު 2022 ވަނަ އަހަރު އަލުން މި ޕްރޮގްރާމް ފެށިގެން މިދަނީ އާ ޢަޒުމަކާއެކު ގައެވެ. އަދި މިއަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމްގެ ދަށުން 50 ކުދިން މިއަހަރު ތަމްރީނު ކުރުމަކީ ޔުނިވަރސަލފައުންޑޭޝަނުގެ އަމާޒެކެވެ.
މިޕްރޮގްރާމް ކުރިއަށް މިގެންދެވެނީ ޔުނިވާރސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާއި ގުޅިގެންނެވެ. ޔުނިވަރސަލް ފައުންޑޭޝަނުން މި ޕްރްގަރާމް ހިންގުމަށް ވިލާކޮލެޖު އިޚްތިޔާރުކުރީ، ވިލާކޮލެޖަކީ ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒު ތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި މިފަދަ ޕްރޮގްރާމެއް ހިންގުމުގައި އެންމެ ގާބިލު ކޮލެޖުކަމަށް ޤަބޫލުކުރެވޭތީއެވެ.
މިޕްރޮގްރާމާއި ގުޅޭ މުހިއްމު މަޢުލޫމާތު؛
· ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމް ފެށުނީ 2017 ވަނަ އަހަރުއެވެ. މިހާތަނަށް 3 ބެޗްގެ ބައިވެރިން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.
· 2017 ވަނަ އަހަރު 15 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވެއެވެ.
· 2018 ވަނަ އަހަރު 22 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވެއެވެ.
· 2019 ވަނަ އަހަރު 28 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވެއެވެ.
· 2022 ވަނަ އަހަރު 50 ބައިވެރިން ކޯސް ހެދުމަށްވަނީ ހަމަޖެހިފައެވެ.
މިކޯހަށް ބައިވެރިން ހޮވަނީ މުޅި ރާއްޖެއަށް ފުރުޞަތު ހުޅުވާލައިގެންނެވެ.