ދަރިވަރުންނާ ޒުވާނުން އިސްލާމް ދީނާއި ދުރަށް ޖެއްސުމަށް މިސަރުކާރުން ހިންގަމުން ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން:
"ފަތުވާ ދިނުމުގެ ހުއްދަނެތި ޢާއްމުންގެ ތެރޭގައި ދީނުގެ ޙުކުމެއް އޮޅޭގޮތަށް އަދި މުޖްތަމަޢުގައި ފިތުނަ ފަސާދައުފެދި ބައިބައިވުން އުފެދިދާނެފަދަ ގޮތަކަށް ޒަކަރިއްޔާ މަންޞޫރު ޢަމަލުކުރައްވާފައިވާތީ އެމައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ." ކަމަށްވިދާޅުވެ ޑރ. އިޔާޟް އެމައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެންނަވައިފިއެވެ.
އިސްލާމިކް މިނިސްތްރީއަށް ގޮވާލަންޖެހެނީ އެންސީޓީސީން ޒުވާނުންނަށް ދޮގުމައުލޫމާތުދީ އިސްލާމްދީނުން ބޭރުކުރަން މިހައިތަނަށް ކޮށްފައިވާ ހުރިހާ މަސައްކަތް ބަލައި ފިޔަވަޅު އެޅުމަށެވެ. އެއީ ނަޞޭޙަތަކުން ފުދޭނެ ކަމެއްނޫނެވެ! ރާއްޖޭގައި އިސްލާމް ދީން ބަލިކަށިވަމުން މިދަނީ ހަމަ ތިއަ މިނިސްޓްރީގައި އެއްވެސް ހަކަތައެއް ނެތުމުން ކަމަށް ގިނަ ބައަކު ބުނެއެވެ.
ފަތުވާ ދިނުމުގެ ހުއްދަނެތި ޢާއްމުންގެ ތެރޭގައި ދީނުގެ ޙުކުމެއް އޮޅޭގޮތަށް އަދި މުޖްތަމަޢުގައި ފިތުނަ ފަސާދައުފެދި ބައިބައިވުން އުފެދިދާނެފަދަ ގޮތަކަށް ޒަކަރިއްޔާ މަންޞޫރު ޢަމަލުކުރައްވާފައިވާތީ އެމައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ. @MVIaffairs https://t.co/L6rQuH5Q5H
— Dr.Mohamed Iyaz (@dr_iyaz) June 16, 2022