ޚަބަރުގައިވާ ފޮޓޯއަކީ ރާއްޖޭގައި މަޝްރޫޢުތައް ހިންގާ ކުންފުންޏެއްގެ ނަންބޯޑެއް ކަމަށް ހަދާފައި ނިންމާލަން އުޅޭކަމުގެ ލިޔުންތައް ފެންނަމުންދާތީ މިނަންބޯޑުގައިވާ "ވިޝްވަކަރުމާ" ގޫގްލްސްގައި ލިޔެފަ ސާޗްކޮށްލީމާ ފެންނަނީ މަޝްރޫޢުތައް ހިންގާ ކުންފުންޏެއްގެ ވާހަކަތޯ ނިކަން ކިޔުންތެރިން ބައްލަވައިލައްވަ ބައްލަވާށެވެ.
މިއީ އިޏްޑިއާ މީހަކު ރިޒޯޓެއްގައި އަންހެނަކަށް ގޯނާކުރުމުން އެއީ ކަންފަތް ކައިރިން އަޑެއްލައްވާފައި މަދިރިއެއް ދިއުން ކަމަށް ވަޒީރު ސިފަކުރިކުރުމާއި އެއްގޮތް މާނަކުރުމެއް ކަމަށް ބެލެވެއެވެ.
އަޅުގަނޑުމެން ދަންނަ ގޮތުގައި ނަންބޯޑުގައި އެންމެ ބޮޑު އަކުރުން ލިޔާނީ ނަންބޯޑުން އަނގައިދޭން ބޭނުންވާ ނަމެވެ. ވީމާ ކަންކަމުގެ ޙަޤީޤަތް އޮޅުވާލަން ކުރާ މިފަދަ މަސައްކަތްތައް ކުރާމީހުން އެކަން އެގޮތައް ކީއްވެގެންކަން ވިސްނާލުން ރަނގަޅުވާނެއެވެ.
ވިޝްވަކަރްމާއަކީ މަޝްރޫޢު ހިންގާ ކުންފުންޏެއްކަން ނުވަތަ ހިންދޫ ކަލާނގެއެއްކަން ތިރިގައިވާ ލިންކުން ބައްލަވައިލައްވާށެވެ.
ވިޝްވެކަރްމާއަކީ ކޮބައިކަން ބައްލަވާލެއްވުމަށް: