ޤުރްއާން ކަލާހެއް ހިންގަން ދޫކޮށްފައި ހުރި ކުރީގެ މިސްކިތެއްގަ ބިސޭސީން ނިންދަވައި ގެންގުޅޭ ކަމުގެ މައްސަލައެއް ކުރިމަތިވެއްޖެއެވެ. މިމީހުންނަކީ ކާފިރުންކަން އިސްލާމުންކަން އިސްލާމިކް މިނިސްޓްރީގެ ބަޔާނަކުން ނުއެނގެއެވެ.
މިސްކިތަކީ ބޭނުންނުކުރިނަމަވެސް މިސްކިތެއްގެ ގޮތުގައި ޙުރިނަމަ ޙުރުމަތްތެރިވެގެންވާ ތަނެކެވެ. ހިނައި ޠޯހިރުނުވާ، މުސްލިމް ނޫން ބައަކު އެފަދަ ތަނެއްގައި ގެންގުޅުމަކީ އެތަނުގެ ޙުރުމަތް ކެނޑުންކަމަށް ޤަބޫލުކުރެވެއެވެ.
ޚަބަރު ވީނިޔުސްއިން:
ފ. ދަރަނބޫދޫގެ ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅެމުންދާ ކުރީގެ މިސްކިތަކީ މިހާރު އެރަށު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ދަރަނބޫދޫގެ ކުރީގެ މިސްކިތެއްގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅެމުންދާ ވީޑިއޯއެއް ވަނީ ޝޯޝަލް މީޑިއާގައި އާންމުވެފައެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަރަނބޫދޫގައި އަލަށް އިމާރާތްކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމާއިއެކު، ކުރިން އެރަށުގައި ބޭނުންކުރި މިސްކިތް ވަނީ ބަންދުކޮށްފައިކަމަށެވެ.
އެމިސްކިތުގައި ނަމާދު ނުކުރާތި މިސްކިތުގައި ގުރުއާން ކްލާހެއް ހިންގުމަށް އެރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެންގުމުން، އެމާ ގުޅިގެން އެ މިސްކިތް ވަނީ ކައުންސިލުން ޤްރުއާން ކްލާހެއް ހިންގުމަށް އެކައުންސިލަށް ހަވާލުކޮށްފައިކަމަށް މިނިސްްރީން މައުލޫމާތުދެއެވެ. އޭގެ ފަހުން އެތާނުގައި ކައުންސިލުން ގުރުއާން ކްލާސް ހިންގިކަން އެމިސްޓްރީއަށް އެނގިފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން 2017 ވަނަ އަހަރުން ފެށިގެން އެމިސްކިތް ބަންދު ކުރި ހިސާބުން ފެށިގެން އެ އިމާރާތްވަނީ ރަށު ކައުންސިލާއި ހަވާލުކޮށްފައެވެ.
އެރަށު ބައެއް ރައްޔިތުންނާ ހަވާލާދީ ބައެެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުން އެމިސްކިތުގައި ސަތޭކައަށްވުރެ ގިނަ ބިދޭސީން ގެންގުޅެއެވެ. އަދި އެމިސްކިތުގައި ނިންދަވަނީ އެރަށުގައި ނަރުދަމާ އަޅަން ގެންގުޅޭ އިންޑިއާގެ ލޭބަރުންކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.