ޤުރްއާން ކްލާސް ހިންގަން ދިން މިސްކިތުގަ އިންޑިއާ މީހުން ދިރިއުޅޭތީ ރައްޔިތުން ކަންބޮޑުވާ ފ. ދަރަނބޫދޫ ކައުންސިލުގެ މެންބަރުންނަކީ ކޮން ޕާޓީއެއްގެ ބައެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޤުރްއާން ކްލާސް ހިންގަން ދިން މިސްކިތުގަ އިންޑިއާ މީހުން ދިރިއުޅޭތީ ރައްޔިތުން ކަންބޮޑުވާ ފ. ދަރަނބޫދޫ ކައުންސިލުގެ މެންބަރުންނަކީ ކޮން ޕާޓީއެއްގެ ބައެއް؟

ޚަބަރުގައި އެވަނީ ޤުރްއާން ކްލާސް ހިންގަން ދިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނާ މިސްކިތުގައި އިންޑިއާ މީހުން ދިރިއުޅޭތީ ރައްޔިތުން ކަންބޮޑުވާ ފ. ދަރަނބޫދޫ ކައުންސިލުގެ މެންބަރުންނަކީ ކޮން ޕާޓީއެއްގެ ބައަކުކަން ހާމަކޮށް ސޯޝަލް މީޑިއާގައި ދައުރުކުރާ ޓްވީޓެކެވެ.

ޓްވީޓް ޓެގްކޮށްފައިވަނީ އެމައްސަލަ ބަލަން ޑރ. އިޔާޟް އެލްޖީއޭއަށް ޓެގްކުރައްވާފައިވާ ޓްވީޓަކަށެވެ. 

"މިސްކިތަކީ ޙުރުމަތްތެރިވެގެންވާ ތަނެއް. އެއްވެސް ގޮތަކުން މިސްކިތުގެ ޙުރުމަތް ކެނޑޭފަދަ ކަމެއް ބަޔަކު ކުރާނަމަ އެކަން ހުއްޓުވެން އޮތްގޮތަކަށް ހުއްޓުވަންޖެހޭ".: ޑރ. އިޔާޟް 

އެލްޖީއޭގެ ބެލެނިވެރިކަން އޮންނަނީ ހޯމް މިނިސްޓްރީއަށެވެ. ހޯމް މިނިސްޓަރަކީ ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އެވެ. އިސްލާމިކް މިނިސްޓްރީއަކީވެސް ޢަދާލަތު ޕާޓީގެ ބެލެނިވެރިކަމުގެދަށުގައިވާ މިނިސްޓްރީއެކެވެ. 

ޢަދާލަތު ޕާޓީގެ މެންބަރަކަށް ހުންނަވައިގެންވެސް ޑރ. އިޔާޟް ޙައްޤުބަސް ވިދާޅުވާކަން ފާހަގަކުރަންޖެހެއެވެ. ޙަޤީޤީ ދީނީ ޢިލްމުވެރިން ކޮންމެ ކަމެއްގައިވެސް އެންމެ ކުރިއަށް ނެރުއްވާނީ ﷲ ތަޢާލާގެ ޙައްޤުފުޅުތަކެވެ. 

މިއަދު އޮންލައިން