އާރުބީޖީ ސްޕޯރޓްސް ކުލަބު އަބަދުވެސް ފާހަގަ ކުރެވިފައިވާނީ ތަފާތު ގިނަ ހަރަކާތްތަކެށް ހިންގަމުން އަންނަ އަރިއަތޮޅުގެ އެންމެ ހަރަކާތްތެރި ކުލަބުތަކުގެ ލިސްޓުގެ ކުރީސަފުގައި އޮންނަ ކުލަބެއްގެ ގޮތުގައެވެ.އެކުލަބުން ޖޫން މަހުގެ 18 ވީ ހޮނިހިރު ދުވަހުގެ ރޭ އެރަށު ސްކޫލްގައި ކުލަ ގަދަ ރަސްމިއްޔާތަކާއި އެކު "ކާމިޔާބު ވިހި އެކާވީސް"ގެ ނަމުގައި އާރުބީޖީ 2 ވަނަ އަހަރީ ޖަލްސާ ވަނީ ބާއްވާފަ އެވެ. މިޖަލްސާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ އެރަށު ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އެވެ.

ކީރިތި ގުރުއާންގެ ބަރަކާތުން ޖަލްސާ ފެއްޓެވީ މާހިލް މުސްތަފާ އެވެ.މިޖަލްސާގައި 2021 ވަނަ އަހަރު އާރުބީޖީއިން ހިންގި އެކިއެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވިފަރާތްތަކަށާއި، ކުލަބުގެ މެމްބަރުންގެ ތެރެއިން ކުލަބްގެ ކުރިއެރުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ބައެއް މެމްބަރުންނަށް ހަނދާނީ ފިލާ ހަވާލު ކުރުމާއި،އެކުކަބުގެ މެމްބަރުންގެ މެދުގައި ހޮވާ ޕްލޭޔާރ އޮފްދަޔާރ އަށް ހޮވުނު ފަރާތްތަކަށް ޓްރޮފީ ހަވާލުކުރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިޖަލްސާގައި އާރުބީސކ ގެ އައު ލޯގޯ އާއި ސްޓޭމްޕް،އޮފިސަލް ކިޓް އަދި ޖާރޒީކިޓް އާއި ދިދަ ވަނީ އިފްތިތާހް ކޮށްފައެވެ.އަދި 2 މެމްބަރަކު އެކުލަބަށް ވަނީ ސޮއިކޮށްފަ އެވެ. މިޖަލްސާގައި އެކުލަބުގެ ޖާރޒީކިޓާއި،ސްޓޭމްޕް އަދި ލެޓަރހެޑް އިފްތިތާހް ކޮށްދެއްވީ ބޮޑުފޮދޫ ސްކޫލްގެ ޕްރިންސިޕަލް މޫސާ ނިމާލް އާއި ކުލަބުގެ ރައީސް އިބްރާހިމް ނަސީމް އެވެ އެކުލަބުން އަލަށް ބޭނުންކުރާ ލޯގޯ އިފްތިތާހް ކޮށްދެއްވީ މޯލްޑިވްސް ޕޯސްޓްލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު އެވެ.2021 ވަނަ އަހަރު އެކުލަބުން ހިންގި ހަރަކާތްތަކަށް އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލު ކޮށްދެއްވީ ކުލަބުގެ ރައީސް އިބުރާހިމް ނަސީމް އެވެ.ކުލަބުގެ މެމްބަރުންނަށް ފިލާ ހަވާލު ކޮށްދެއްވީ ކުލަބުގެ ނައިބުރައީސް ހަސަން ނާފިއެވެ.އެކުލަބުން 2021 ވަނަ އަހަރު ޕްލޭޔާރ އޮފްދަޔާރ އަށް ހޮވުނު މެމްބަރުންނަށް ފިލާ ހަވާލު ކޮށްދެއްވީ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ކުލަބުގެ ރައީސް ވިދާޅުވީ 2021 ވަނަ އަހަރު ކުލަބުގެ މަގްސަދު ހާސިލްވެއްޖެ ކަމަށާއި ،ބޮޑުފޮޅުދޫގެ ކުޅިވަރު ކޮމިއުނިޓީގެ ވިސްނުން ބަދަލުކޮށްލީ އާރުބީ ކަމަށްވެފައި،އެހެން މިދެންނެވީ މުޅިރާއްޖޭގެ މަގްބޫލްކަން ހޯދާ އެތަށް ބައެއްގެ ލޯތްބާއި އިހްތިރާމް މިކުލަބަށްލިބިއެތަށް އެތަށް ފުރަސަތުތަކެށް އެކި ދާއިރާ ތަކުން މިކުލަބަށް ލިބެމުން ދާދިއުމަށް އިޝާރާތް ކުރައްވާ ކަމަށެވެ.ނަސީމްވަނީ ކުޅިވަރުގެ ރޫހްހުރި ޢިޖުތިމާއީ ހަރަކާތްތެރިންނަށް ކުލަބުގެ ފަރާތުން މެސެޖެއް ދެއްވާފައެވެ އެގޮތުން އާރުބީޖީ ސްޕޯރޓްސް ކުލަބުން ކޮންމެ މެމްބަރަކަށް ވެސް އުފަލާއިއެކު މަރުހަބާ ކިޔާނޭ ކަމަށާއި،މީ ވަކި މީހަކަށް ވަކިބަޔަކަށް އަދި ވަކި އާއިލާއަކަށް ނިސްބަތްވާ ކުލަބެއްނޫންކަމަށާއި،ހާއްސަ ކޮށް ކުޅިވަރުގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް މި ކުލަބުގެ ދޮރު ހުޅުވިފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ . 2021 ވަނަ އަހަރު ކުރެވުނު މަސައްކަތް ކާމިޔާބު ވެއްޖެކަމުގެ ވާހަކަ ފާހަގަ ކުރަމުން އާރުބީޖީ ރައީސް ވިދާޅުވީ،އަބަދުވެސް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކޮށްފައިވާނީ ކުލަބެއްގެ ގޮތުގައި ދެމިއޮތުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަންކަން ވަގުތު ފާއިތުވުމުގެ ކުރިން ނިންމުންކަމަށާއި،އަޅުގަނޑު އަބަދުވެސް އެންމެ އިސްކަމެއް ދީފައިވާނީ މިނިސްޓްރީއަށް ގަވާއިދުން ހުށައަޅަން ޖެހޭ ލިޔެކިޔުން ތައްޔާރުކޮށް ވަގުތުގެ ތެރޭ އެކަން ނިންމުމަށްކަމަށާއި،މިއަދު އަޅުގަނޑުމެންގެ ކޮންމެ މެމްބަރަކަށް ވެސް ފަހްރުވެރިކަމާއިއެކު މިކުލަބަކީ މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ހިންގޭ ކުލަބެކޭ ބުނެލެވޭނެ ފުރަސަތު ވާނީ ނިމިދިޔަ 2 ދައުރުވެސް ހޯދާދީފައިކަމަށެވެ.

މިޖަލްސާގެ ޝަރަފްވެރި މެހެމާން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވާހަކަ ދައްކަވަމުންވިދާޅުވީ މިރެއަކީ އުފާވެރި ރެއެއްކަމަށާއި،މިގޮތަށް މިދެންނެވީ ކުލަބެއްގެ އަހަރީޖަލްސާ ކުލަގަދަ ގޮތެއްގައި ބޭއްވޭ ފުރަތަމަ ފަހަރު ކަމަށް ވާތީކަމަށެވެ.އަދި އާރުބީޖީ ސްޕޯރޓްސް ކުލަބަކީ ކުޅިވަރަށް ހާއްސަކޮށް އުފައްދާފައިވާ ކުލަބަކަށް ވީނަމަވެސް މި މުޖުތަމައުގައި ހިންގޭ ތަފާތު ޢިޖުތިމާއީ ހަރަކަތްތަކާ،އެހެނިހެން ދާއިރާތަކުން އިސްވެއޮވެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާ ކުލަބެއްކަމަށެވެ.ކައުންސިލްގެ ރައީސް ވިދާޅުވީ ކައުންސިލް އިން ކުލަބުތަކަށް އަމާޒުކޮށްގެން ނުނީ ކުލަބުތަކާ ގުޅިގެން ހިންގާ ހަރަކާތްތަކުގެތެރެއިން އެންމެ ގިނަ ހަރަކާތްތަށް ތަމްސީލް ކުރާ ކުލަބަކީ އާރުބީޖީ ސްޕޯރޓްސް ކުލަބު ކަމަށެވެ.
ކުލަބުޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބޮޑުފޮޅުދޫ ކައުންސިލް އިންކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ ހަރަކާތްތެރި ކުލަބު ޖަމިއްޔާ ހޮވާ އެވޯޑެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށާއި ، މި ރަސްމިއްޔާތު ކުރިއަށް ގެންދެވޭނީ އެހެނިހެންރަށްރަށުކުލަބުޖަމިއްޔާތަށްވެސް ޔާތަށްވެސް ބައިވެރިވާ ކުލަގަދަ ރަސްމިއްޔާތެއްގައި ކަން ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ
ޚަބަރު: ކްލަބުންދިން އަސްލާ އެއްގޮތަށް