ދަރަނބޫދޫ މިސްކިތުގެ މައްސަލައިގަ ކައުންސިލުން ނޫނީ އިސްލާމިކް މިނިސްޓްރީން އެބަ ދޮގުހަދާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ދަރަނބޫދޫ މިސްކިތުގެ މައްސަލައިގަ ކައުންސިލުން ނޫނީ އިސްލާމިކް މިނިސްޓްރީން އެބަ ދޮގުހަދާ!

އިންޑިއާ މަސައްކަތު މީހުން ދިރިއުޅޭ ފ. ދަރަނބޫދޫ މިސްކިތާއިބެހޭގޮތުން މިސްކިތުގެ މައްސަލައިގައި ކައުންސިލުން ނޫނީ އިސްލާމިކް މިނިސްޓްރީން ދޮގުހަދައި އޮޅުވާލާކަން ފާހަގަކުރެވިއްޖެއެވެ. 

ރަށު ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމިސްކިތް ޙަވާލުކުރީ މިސްކިތްތަކުގެ ދަފްތަރުން އުނިކޮށްފައި ކަމަށެވެ. ދަފްތަރުން އުނިކޮށްފައި ހުރި އިމާރާތެއްނަމަ އެކަން އިސްލާމިކް މިނިޓްރީން ފުރަތަމަވެސް ފާހަގަކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ އެތަން ޤުރްއާން ކަލާހެއް ހިންގަން ޙަވާލުކުރިކަމަށެވެ. ކާފަރުންނަށް ކުއްޔަށްދޭން ޙަވާކުރި ކަމަކަށް ނުބުނެއެވެ. ވީމާ ޤުރްޢާން ކްލާހެއް ހިންގަން ހުއްދަ ދިނުމުން އެތަން ކުއްޔަށްދެވޭ ގޮތަކާއިމެދު ސުވާލުވަނީ އުފެދިފައެވެ. 

ދަރަބޫދޫ ކައުންސިލުގެ ބަޔާން: 

އިސްލާމިކް މިނިސްޓްރީގެ ބަޔާން: 

ޚަބަރު ވީނިޔުސްއިން:

 

ފ. ދަރަނބޫދޫގެ ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅެމުންދާ ކުރީގެ މިސްކިތަކީ މިހާރު އެރަށު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ދަރަނބޫދޫގެ ކުރީގެ މިސްކިތެއްގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅެމުންދާ ވީޑިއޯއެއް ވަނީ ޝޯޝަލް މީޑިއާގައި އާންމުވެފައެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަރަނބޫދޫގައި އަލަށް އިމާރާތްކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމާއިއެކު، ކުރިން އެރަށުގައި ބޭނުންކުރި މިސްކިތް ވަނީ ބަންދުކޮށްފައިކަމަށެވެ.

އެމިސްކިތުގައި ނަމާދު ނުކުރާތި މިސްކިތުގައި ގުރުއާން ކްލާހެއް ހިންގުމަށް އެރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެންގުމުން، އެމާ ގުޅިގެން އެ މިސްކިތް ވަނީ ކައުންސިލުން ޤްރުއާން ކްލާހެއް ހިންގުމަށް އެކައުންސިލަށް ހަވާލުކޮށްފައިކަމަށް މިނިސްްރީން މައުލޫމާތުދެއެވެ. އޭގެ ފަހުން އެތާނުގައި ކައުންސިލުން ގުރުއާން ކްލާސް ހިންގިކަން އެމިސްޓްރީއަށް އެނގިފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން 2017 ވަނަ އަހަރުން ފެށިގެން އެމިސްކިތް ބަންދު ކުރި ހިސާބުން ފެށިގެން އެ އިމާރާތްވަނީ ރަށު ކައުންސިލާއި ހަވާލުކޮށްފައެވެ.

އެރަށު ބައެއް ރައްޔިތުންނާ ހަވާލާދީ ބައެެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުން އެމިސްކިތުގައި ސަތޭކައަށްވުރެ ގިނަ ބިދޭސީން ގެންގުޅެއެވެ. އަދި އެމިސްކިތުގައި ނިންދަވަނީ އެރަށުގައި ނަރުދަމާ އަޅަން ގެންގުޅޭ އިންޑިއާގެ ލޭބަރުންކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މިއަދު އޮންލައިން