ޑރ. އިޔާޟްއަތުން އަތުލި ވަޒީފާ ދޭން އަންގައިފި! ކިތަންމެ ބޮޑު އަނިޔާއެއްދީގެން ނަމަވެސް ﷲގެ ރަޙްމަތުން މީހުން ބޭރުކުރަން އުޅޭ އެމްއެންޔޫގެ ވެރިންނަށް ފިލާވަޅެއް!-

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޑރ. އިޔާޟްއަތުން އަތުލި ވަޒީފާ ދޭން އަންގައިފި! ކިތަންމެ ބޮޑު އަނިޔާއެއްދީގެން ނަމަވެސް ﷲގެ ރަޙްމަތުން މީހުން ބޭރުކުރަން އުޅޭ އެމްއެންޔޫގެ ވެރިންނަށް ފިލާވަޅެއް!-

ޕާޓީ އެކްޓިވިސްޓުން ސިޔާސީ ޖަގަހައެއް ގޮތަށް މިހާރު ހިންގާ އެމްއެންޔޫގެ އެސިސްޓަންޓް ޕޮރޮފެސަރުކަމުގެ ވަޒީފާ އިން ވަަކިކުރި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފަށް ހަމައެވަޒީފާ ދިނުމާ މަޤާމުން ވަކިކޮށްފައި ބެހެއްޓި މަސްތަކުގެ މުސާރަދޭންވެސް ޓްރައިބިޔުނަލް އިން އަނގައިފިއެވެ. 

ޕާޓީގެ ޖަގަހައަކަށް ހަދައި ޑރ. އިޔާޒް އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ވަކިކޮށްފައިވަނީ 2021 ޖުލައި 1 ވަނަ ދުވަހުއެވެ. އެހެން މިމަހުގެ ނިޔަލަށް  ވަޒީފާއިން ވަކިކުރިތާ 1 އަަހރު ފުރޭނެއެވެ. 

މިއަދު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވަނީ ގޯހުން ކަމަށާއި، އެހެންކަމުން ކުރިން ލިބުނު މުސާރައާއިއެކު 7 ދުވަހުގެ ތެރޭގައި ވަޒީފާ އަނބުރާ ދިނުމަށެވެ. އެހެން ނަމަވެސް މިފަދަ ބޮޑެތި އަނިޔާތައް ކުރާ މީހުންނަށް އަދަބެއް ދިނުމަށް އަންގާފައެއް ނުވެއެވެ. 

އެމްއެންޔޫއަށް ހަމަޖައްސާފައިވާ ޕާޓީ އެކްޓިވިސްޓް ޝަރީފަށް ޑރ. އިޔާޟް ވިދާޅުވީ " އަނިޔާވެރިކަން ދެމި ނޯންނާނެ ކަމުގެ އަލިގަދަ ހެއްކެއް. الحمد لله. 

ކަންބޮޑުވާންޖެހޭ ކަމަކީ ދިވބެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީހިންގަން ފުލުހުން ނުފެދިގެން ހޯދަން އިއުލާނުކުރުމުން ފިުލައިގެން އުޅުނު މީހުންނާ މިފަދަ ޕާޓީ އެކލްޓިޮވިސްޓުން ލައިގެން ހިންގާކަމެވެ. ކަންބޮޑުވާންވީ އެކަމުން ދަރިވަރުންގެ ކިޔެވުމަށް ކުރާނެ އަސަރަށެވެ!

މިއަދު އޮންލައިން