އެމްއެންޔޫގެ އެސިސްޓެންޓް ޕޮރޮފެސަރުކަމުގެ މަޤާމުން ޑރ. އިޔާޟް ވަކިކުރުމުންވެސް ކަންބޮޑުވެ މިއަދުނޫހަށް ގުޅާފައިވަނީ އެތަނުގެ ދަރިވަރުންނެވެ. "ހުރިހާ ގެއްލުމެއް އަހަރެމެންނަށް! އަހަރެމެންގެ ކިޔެވުން އެހަލާކުކޮށްލީ!" ކަމަށް ބުނެއެވެ. އެކްޓިވިސްޓް އަތުލައިގަތް ޑރ. އިޔާޟްގެ ވަޒީފާ އަނބުރާ ދޭން އެންގުމުން އެކަމަށް އުފާފައުޅުކޮށް ﷲ އަށް ޙަމްދުކޮށްވެސް ގިނަ އަދަދެއްގެ ދަރިވަރުން ގުޅަމުންއެބަގެންދެއެވެ.
ޑރ. އިޔާޞް ވިދާޅުވީ:
"އަދި މޫމިނުންނަށް ނަޞްރު ދެއްވުމަކީ ތިމަން ﷲގެ މައްޗަށް އޮތް ޙައްޤެކެވެ." އައްރޫމް 47.
އަޅުގަނޑު ޤައުމީ ޔުނިވަރސިޓީގައި އަދާކުރަމުންދިޔަ ވަޡީފާއިން ވަރަށް އަނިޔާވެރި ގޮތަކަށް ވަކިކޮށްފައިވާވުން ނިމުމަކަށް ގެނައުމަށް ދާދިދެންމެ ޓަރިބިއުނަލް އިން އަމުރު ކުރައްވައިފި. الحمد لله"
"މިދަތި އަދި ހިތާމަވެރި ވަގުތުގައި ހުރިހާ ގޮތަކުންވެސް އަޅުގަނޑަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަކިން ޚައްޞަކޮށް އަޅުގަނޑުގެ ޤާނޫނީ ވަކީލު
ޑރ. އިބްރާހީމް ޝަމީލް ކޮށްދެއްވި ބުރަ މަސައްކަތް ޝުކުރުވެރިކަމާއި އެކު ފާހަގަ ކުރަން. جزاكم الله خيراً."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް