ޔޯގާގެ ޙަޤީޤަތް ހާމަކުރި ޢަލީ އިބްރާހީމް ޅެންވެރިންގެ ވައިބަރ ގްރޫޕުން ބޭރުކޮށްލައިފި ކަމަށް އޭނާބުނެފިއެވެ. އޭނާ ބުނީ އޭނާ ބޭރުކޮށޑްލީ ގްރޫޕުގެ އެޑްމިން މަޝްހޫރު ޢާއިޝަތު ޙުސައިން މަނިކު ކަމަށެވެ.
ގުޅުންހުރި ލިޔުން:
ޔޯގާގެ ޙަޤީޤަތް ގްރޫޕުގަ ހާމަކުރި މީހަކަށް ދިވެހި ޅެންވެރިންގެ ވައިބަރ ގްރޫޕަކުން ނުކުންނަން އަންގައިފި!
މިއަދު ބާއްވަން ހަމަޖެހިފައިވާ "ޔޯގާރޯގާ" ބޭއްވުމުގެ ރަސްމިއްޔާތަށް ދާން ބޭނުންވާ މީހުން ނަންނޯޓުކުރުމަށް 50 އަސްވުރެ ގިނަ މެންބަރުން ތިބޭ ޅެންވެރިންގެ ވައިބަރ ގްރޫޕެއްގައި ލިޔުމުން "ޔޯގާރޯގާ" ގެ ޙަޤީޤަތް އެނގޭނެ ލިންކެއް ގްރޫޕުގައި ޕޭސްޓްކުރި މީހަކަށް އެގްރޫޕުން ނުކުންނަން އަނގައިފިއެވެ.
ލިޔުންތެރިޔާ، އަދި ޅެންވެރިކަމުގެ ދާއިރާއިން ކުރިއަށްދާން މަސައްކަތްކުރަމުން އަންނަ ޢަލީ އިބްރާހީމް (މަޝްހޫރު ނަމުންނަމަ "މިރޯ"އަސް ގްރޫޕުން ނުކުންނަން އަންގާފައިވަނީ ގްރޫޕުގެ އެޑްމިން މަޝްހޫރު ޢާއިޝަތު ޙުސައިން މަނިކު ކަމަށް އޭނާ ބުނެއެވެ.
ޢަލީ އިބްރާހީމް ވިދާޅުވީ ލިންކް ޕޭސްޓްކުރީ އެފަދަ ކަމެއްގައި ބައިވެރިވާން ބޭނުން ނުވާތީ އާއި ޔޯގާގެ ޙަޤީޤަތް ހާމަކުރުމުގެ ގޮތުން ކަމަށެވެ. އަދި އެފަދަ ކަމެއްގެ ލިންކެއް ޕޭސްޓްކޮށްލުމަކީ އެގްރޫޕަކުން ނުކުންނަން ނުވަތަ ނެރެން ޖެހޭވަރުގެ ކަމެއްކަމަށް އޭނާ ޤަބޫލުނުކުރައްވާ ކަމަށެވެ.
"ޔޯގާއަކީ މުސްލިމަކު ކުރުން ހުއްދަ ކަމެއް ނޫނެވެ! އެއީ. އިޢުތިޤާދަކުން ނުވަތަ ބަޔަކު ކޮޕީކުރުމުގެ ގޮތުން، ނުވަތަ އެކަން ފަތުރާމީހުން ބުނާކަހަލަ ފައިދާތަކެއް ހުރިކަމުގައި ވީނަމަވެސް މެއެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުން އޭގެ ބައެއް ކަސްރަތަކީ އިންސާނާއަށް ގެއްލުންހުރި ކަންކަމެވެ.": ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިފަދަ ކަންކަމުން ވެސް އެނގިގެން މިދަނީ "ޔޯގާރޯގާ" ފަދަ އިސްލާމް ދީނާ ފުށޫއަރާކަންކަން ފަތުރަން ބައަކު ފޯރިހިފާފައިވާވަރުކަމަށްވާއިރު ޔޯގާރޯގާ އިވެންޓް ހުއްޓުވައި ދިނުން އެދި ދީނީ ޢިލްމުވެރިންގެ ގުޅުމުން ވަނީ އިސްލާމިކް މިނިސްޓަރަށް ރަސްމީ ހައިޞިއްޔަތުން އިލްތިމާވެސް ކޮށްފައެވެ.
ޔޯގާދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހެނދުނު ރަސްފަންނުގައި ބާއްވާ ޕްރޮގުރާމުގައި ބައިވެރި ވުމަށް ދިން ދަޢުވަތަށް އަޅުގަނޑު އިންކާރު ކުރުމުން، ޅެންވެރިންގެ ޖަމިއްޔާ ވައިބާ ގުރޫޕުން، އަޅުގަނޑު ނިކުތުމަށް ޢައިޝާތު ހުސައިން މަނިކު ބުނެފި#saynotoYOGA pic.twitter.com/tGrhSRE6RS
— Miro ✪ (@lionelmiro) June 20, 2022