މުސްލިމުން ސަރުކާރުން ދޭ އަދަބަކަށް ބިރެއް ނުގަންނާނެ! ބިރުގަންނާނީ ﷲ ގެ ޢަޛާބަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
މުސްލިމުން ސަރުކާރުން ދޭ އަދަބަކަށް ބިރެއް ނުގަންނާނެ! ބިރުގަންނާނީ ﷲ ގެ ޢަޛާބަށް!

އިސްލާމް ދީނުގެ ޙިމާޔަތުގާ މަސައްކަތްކުރުމުން އެއްވެސް ބޭފުޅަކު މުސްލިމުންނަށް ބިރުދައްކަވަން މަސައްކަތްނުކުރައްވާށެވެ! ސަރުކާރުން ދޭ އަދަބަކަށް ބިރެއް ނުގަންނާނެއެވެ. ބިރުގަންނާނީ ﷲ ތަޢާލާގެ ޢަޛާބަށެވެ. 

ތެދުވެރި މުސްލިމަކު ނަމަ ޢަމަލުކުރާނީ ފިރުއަޢުނުގެ ސިހުރުވެރިން ޢަމަލުކުރި ގޮތަށެވެ. ޞަލީބަށް އަރުވާފާނެތީ ބިރެއް ނުގަންނާނެއެވެ! ފިރުއަޢުނަށްފަހު އެކަންކަން ދެމިގެން އައިސް އަޅުގަނޑުމެންނާއިވެސް އަރާހަމަކުރީއެވެ. އަނިޔާވެރިކަމަށް މުސްލިމުން ބިރެއް ނުގަންނާނެއެވެ. ޖެހިލުމެއްވެސް ނުވާނެއެވެ! 

ޢަދާލަތު ޕާޓީން ބުނަނީ އެމީހުން ރައީސް ޞާލިޙްގެ އަރިހުގައި އެދޭ ކަންކަން ޤަބޫލުފުޅު ކުރައްވައި ކަންކަން އިޞްލާޙްކޮށްދެއްވަވާ ކަމަށެވެ. ޤައުމުގައި މިފަދަ ބޮޑެތި މައްސަލަތައް އުފެދި ހަމަނުޖެހުންތައް ހިނގަން މެދުވެރިވާއިރު ޢަދާލަތު ޕާޓީން ރައީސް ޞާލިޙަށް ނުދަންނަވައި އެތިބެނީ ކީއްވެގެންބާވައެވެ!

މިއަދު އޮންލައިން