"އަޅުގަނޑަކީ މިސަރުކާރަށް ވަރަށް ތާއީދުކުރާ މީހެއް! ނަމަވެސް ޔޯގާ އާއި ގުޅިގެން ހިންގި ހަމަޖެހުންތައް ހިންގުވީ ސަރުކާރުން. ހިންގި ހުރިހާ ނުބައެއްގެ އަޞްލަކީ ސަރުކާރު! އެހެންވީމާ އެކަމުގެ ތެރެއަށް އެހެން ބައަކު ބާނަން އުޅޭނެ ކަމެއް ނެތް!
ރައްޔިތުންގެ އެތައް ބައެއްގެ ޝުޢޫރުތައް ކެކިއަރަމުން އައިކަން އެނގިތިބެ އެކަންކަމަށް ބަލާނުލީމާ ދެން ކަންކަންވާނެ ގޮތަށް ކަންކަން ވެގެން އެދިއައީ. ކުރިން ފޮރުވިގެން ތިބެ ނޫނީ ކުޑަކުޑަ ޙަރަކާތެއްގެ ގޮތުގައި ހިންގަމުން އައިކަމެއް، އިޝްތިހާރުކޮށް ދިވެހި ޤައުމީ ކަމެއްގެ ގޮތުގައި ދައްކުވައިގެން ހިންގަން އުޅުނީމާ ކަންކަން ގޯހުން ގޯހަށް ދިއައީ.
ކޮންމެ އަހަރަކުވެސް ޢިލްމުވެރިން ދެކޮޅު ހައްދަވާ! އަޅުގަނޑުވެސް ދެކޮޅުހަދަން. ނަމަވެސް ކުޑަކުޑަކަމެއްގެ ގޮތުގައި ނިމިގެންދާތީ މާބޮޑު ކަމަކަށްނުވެ އޮތީ! ހިންދޫންކުރާ އަޅުކަމެއްގަ އެހެން ކުލަޖައްސައިގެންނަމަވެސް ފަތުރަން މިއަދު ފުރުޞަތުދީފިނަމަ މާދަމާ މިކަންކަން ދާނީ އަތްނުފޯރާފަށަށް ފެތުރިގެން. އެކަން ބުނެދީ އެކަން ހުއްޓުވައިދޭތޯ އަޅުގަނޑު އާދޭސްކުރިން. އެކަމަކު އަޑުއަހާނެ މީހަކުނުވީ! ޤަބޫލުނުކުރީ!"
- ޑރ. އިޔާޟް މިއަދުނޫހަށް
"ކަމެއްގައި ޚިޔާލުތަފާތު ވިޔަސް އެއްތަނެއްގައި ނުތިބެވިގެން އުޅޭއިރު ޢަޤީދާ އާއި ފުށޫއަރާފަދަ ޢަމަލުތަކެއް ހިންގާއިރު އެކުގައި ތިބެވި އަދި އެކަން ދިފާޢުކުރަން އުޅޭ އުޅުމަކީ ޙައިރާން ކުރުވަނިވި ކަމެއް."
"ނުރަގަޅު ކަމެއް ކުރެވޭކަން ނުވަތަ ކުރަން އުޅޭކަން ބުނެދިނީމާ ކާބަފައިންވެސް ކުރިކަމެކޭ ބުނެ ޙުއްޖަތް ދެއްކޭނެ ގޮތެއް ނޯވެއެވެ. ކުރީގައި ކުރެވުނު ކަންތަކަށް ތައުބާވެ އާފެށުމަކުން ފަށަންވީއެވެ. އިތުރަށް ނުބައި ދަމަހައްޓަންވީ އެއް ނޫނެވެ."
- ޑރ. އިޔާޟް ޓްވިޓަރ
ނުރަގަޅު ކަމެއް ކުރެވޭކަން ނުވަތަ ކުރަން އުޅޭކަން ބުނެދިނީމާ ކާބަފައިންވެސް ކުރިކަމެކޭ ބުނެ ޙުއްޖަތް ދެއްކޭނެ ގޮތެއް ނޯވެއެވެ. ކުރީގައި ކުރެވުނު ކަންތަކަށް ތައުބާވެ އާފެށުމަކުން ފަށަންވީއެވެ. އިތުރަށް ނުބައި ދަމަހައްޓަންވީ އެއް ނޫނެވެ. pic.twitter.com/KDWawmb61R
— Dr.Mohamed Iyaz (@dr_iyaz) June 21, 2022