ކިންގ ސަލްމާން މިސްކިތުގެ އޭސީތަކުން ފިނިނުވާތީ ގިނަ ބައަކު ރުޅިގަދަވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
ކިންގ ސަލްމާން މިސްކިތުގެ އޭސީތަކުން ފިނިނުވާތީ ގިނަ ބައަކު ރުޅިގަދަވެފަ!

ކިންގ ސަލްމާން މިސްކިތުގެ އޭސީތަކުން ފިނިނުވާތީ ގިނަ ބައަކު ރުޅިގަދަވެއްޖެއެވެ.

ބައެއް މީހުން ބުނާ ގޮތުގަ ދޭތެރެދޭތެރެއިން މިމައްސަލަ ކުރިމަތިވެއެވެ. މިއަދު މެންދުރުން ފެށިގެން އޭސީތަކުން އެއްގޮތަކަށްވެސް ފިންޏެއް ނުވެއެވެ. އެހެންވެ ހޫނު ގަދަވެގެން ކެތްކުރެވޭ ވަރެއް ނޫނެވެ. 

"ބައެއް ދޮރުތައް ލެއްޕޭއިރު އަޑުގަދަކަމުން ހީވަނީ ބޮޑުބަޑިޖަހާހެން. މިވާހަކަވެސް އެތައްފަހަރަކު މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފަވަނީ . އަޅައިލާނެ މީހަކު ނެތް. މިއޮތީވާ ސަރުކާރެއް! މިހިރީވާ އިސްލާމިކް މިނިސްޓްރީއެއް!" ކަމަށްވެސް ބައެއް މީހުންބުނެއެވެ.

މިއަދު އޮންލައިން