ދީނަށް ފުރައްސާރަކުރި ކުއްޖާ ގޭދޮށުގަ ފުލުހުން ފޯރިމެރިކަމަށާ ތަޙްޤީޤް ފެށީ ފުރީމަކަމަށް ކުރި ސުވާލަށް ފުލުހުން ޖަވާބެއް ނުދިން!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 41ސ
ދީނަށް ފުރައްސާރަކުރި ކުއްޖާ ގޭދޮށުގަ ފުލުހުން ފޯރިމެރިކަމަށާ ތަޙްޤީޤް ފެށީ ފުރީމަކަމަށް ކުރި ސުވާލަށް ފުލުހުން ޖަވާބެއް ނުދިން!

ލިޔުމުގައިވާ ފޮޓޯ ފުލުހުންގެ މީޑިއާ ގްރޫޕަށްލުމަށްފަހު "ތެދެއްތޯ؟ މިހާރު ދީނަށް ޙަޖޫޖަހާ މީހުންނަށް ޕޮލިސްއިން ޕްރޮޓެކްޝަން ފޯރުކޮށްދެނީތޯ؟" ނޫސްވެރިއަކު ކުރި ސުވާލަށް ރޭ 12 ޖަހައިގެންދިއައިރުވެސް ފުލުހުން ޖަވާބެއް ނުދެއެވެ. 

އެފޮޓޯގައި ބުނެފައިވަނީ "ދީނަށް ފުރައްސާރަކޮށްގެން މިހާރު ފޮޓޯ ޢާންމުވަމުންދާ ކުއްޖާގެ ޙިމާޔަތުގައި ފުލުހުން އެކުއްޖާގެ ގޭދޮށުގައި ފޯރިމެރި. ދެން އިވުނީ އެކުއްޖާ ފުރުވާލި ޚަބަރު. ދެން އެއަށްފަހު ތަޙްޤީޤް ފެށިކަމަށް. ކޮނަބަޔަކަށްތޯ އޮޅުވާލަން އުޅެނީ." 

މީގެ އިތުރުން ﷲ ތަޢާލާ އަށް ނިޞްބަތްކޮށް އެތީސްޓަކު "ﷲ ވަނީ މަރުވެފަ" ކަމަށް ބުނާ ޕޯސްޓެއް ގްރޫޕަށްލައި އެއައިޑީގެ ވެރިފަރާތް ނުހޯދާތީވެސް ނޫސްވެރިން ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެކަމަކަށްވެސް ފުލުހުން ޖަވާބެއް ނުދެއެވެ.

މިއަދު އޮންލައިން