2 ޝައިޚުން ޙައްޔަރުކުރުމުން ގޮވީއަތަށް ނޫންބާ! ޝައިޚް އާދަމް ނިޝާން ހައްޔަރުކުރި ގޮތުން އެކަނިވެސް މިހާރުވެސް ގިނަ ބައަކު ކޮޅުބަދަލުކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
2 ޝައިޚުން ޙައްޔަރުކުރުމުން ގޮވީއަތަށް ނޫންބާ! ޝައިޚް އާދަމް ނިޝާން ހައްޔަރުކުރި ގޮތުން އެކަނިވެސް މިހާރުވެސް ގިނަ ބައަކު ކޮޅުބަދަލުކޮށްފި!

"ލަޠީފްބޭ! އަޅުގަނޑު ހައްޔަރުކުރަން ވަރަށް ބޮޑަށް ބޭނުންވެގެން އެތިބީ! އެކަމަށް ނަފްސްތައްޔާރުކޮށްގެން މިހިރީ! އަޅުގަނޑު ކުށެއް ނުކުރަން! އަޅުގަނޑު މަސައްކަތްކޮށްފަވާނީ ޒުވާނުންނަށް ވިސްނައިދީ ހަމަޖެހުން ޤާއިމުކުރަން! އެމަސައްކަތް އަޅުގަނޑުކުރީވެސް!" 

މިއީ ހުރިހާ ގޮތަކުންވެސް ވަރަށް ގާތް ގުޅުންހުރި ޝައިޚް އާދަމް ނިޝާން ޢަލީ ބަންދުކުރުމުގެ ކުރީރޭ އަޅުގަނޑު ގާތުގައި ބުނެފައިވެއެވެ. އާދަމް ނިޝާނަކީ ދުވަހަކުވެސް ދޮގުހެދި ކުއްޖެއް ނޫނެވެ. ބުނާ ބަހެއް ވަރަށް ސާބިތުކަން މަތީގައި ބުނާ ކުއްޖެކެވެ. ކުރާކަމެއް ވަރަށް ކެރިގެން ކުރާކުއްޖެކެވެ. ކޮވިޑް ޙާލަތާއި ގުޅުވައިގެން ނަމާދުކުރަންވީ ގޮތް އޮޅުވާލައި މިސްކިތްތައް ބަންދުކޮށް ހުކުރުކުރުން ހުއްޓުވުމުން ދައްކާފައިވާ ސާބިތުކަމުން އެކަނިވެސް މިކަންކަން އެނގިގެންދާނެއެވެ. 

ދަރިފުޅާއިއެކު ނަމާދަށް ދަނިކޮށް މުސްލިމުން ބަންދުކުރުމަކީ އިޒްރޭލުގައިކުރާކަމެއްކަން އެންމެންނަށްވެސް އެނގެއެވެ. އެކަން ޤަބޫލުކޮށް މިހައިތަނަށް ހިތުގެ އަޑިން ސަރުކާރަށް ތާއީދުކޮށްގެން ތިބި އެތައް ސަތޭކަ ބައަކު މިހާރުވެސް ވަނީ ސަރުކާރުގެ ޙަޤީޤަތް އެނގުމުން ކޮޅުބަދަލުކުރިކަން ހާމަކޮށްފައެވެ. ކެރޭ ގިނަ ބައަކު ސޯޝަލް މީޑިއާގައި މިހާރުވެސް އެނގެންދަނީ އެކަން ހާމަކުރަމުންނެވެ. ވަޒީފާ އާއި އެހެންވެސް ސަބަބުތަކާއިހުރެ ފައުޅުގައި ބުނަން ނުކެރޭ އެތައް ބައަކު އެގެންދަނީ އެހެން ގޮތްގޮތުން އެކަން ހާމަކުރަމުންނެވެ. 

ކުޑަކުދިންގެ ޙައްޤުތައް ބޯމައްޗަށްލައިގެން ނޫސްވެރިންނަށާއި އެހެން މީސްމީހުންނަށް ބިރުދައްކަމުން ގެންދާ ޖެންޑަރ މިނިސްޓްރީ ކޮބައިހެއްޔެވެ؟ ކުޑަދަރިފުޅާއިއެކު ހުންނަވަނިކޮށް ފުލުހުން އަމަލުކުރި ގޮތުގެ މައްސަލަ އެބަބަލަންތޯ ސުވާލުކުރުމުން މިވަގުތާއި ހަމައަށް އެންމެ ކުޑަމިނުން ޖަވާބެއްވެސް ދީފައެއް ނުވެއެވެ. 

ވިކުނީއެވެ! ޤައުމީ ކުލަޖައްސުވައިގެން ހިންދޫ ދީނުގެ ކަންކަން ފަތުރަން މަސައްކަތްފެށީއެވެ! އެކަން ޑރ. އިޔާޟް ފަދަ ވަޒީފާއިން ވަކިކުރިޔަސް ބިރުދެއްކިޔަސް ނުވިކޭނެ ދީނީ ޢިލްމުވެރިން އެގެންދަވަނީ މިހާރުވެސް ބަޔާންކުރައްވަމުންނެވެ. 

މިއަދު އޮންލައިން