މިފްކޯގެ ބޯޓުފަހަރުގަ ބަނގުރަލާ މަނާތަކެތި ރާއްޖެއަށް އެތެރެކުރާކަން ހާމަވެއްޖެ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 53ސ
މިފްކޯގެ ބޯޓުފަހަރުގަ ބަނގުރަލާ މަނާތަކެތި ރާއްޖެއަށް އެތެރެކުރާކަން ހާމަވެއްޖެ!

މިފްކޯގެ ބޯޓުފަހަރުގަ ބަނގުރަލާއި ރާއްޖެއަށް އެތެރެކުރުން މަނާތަކެތ އެތެރެކުރާކަން ހާމަވެއްޖެއެވެ. 

ގުޅުންހުރި ކަސްޓަމްސްގެ ޚަބަރު: 

ކަނޑުމަގުން ރާއްޖެއައި ބޯޓަކުން ގިނަ އަދަދެއްގެ ބަނގުރަލާއި އެހެނިހެން މަނާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި. 

ކަނޑުމަގުން ރާއްޖެއައި ބޯޓަކުން ގިނަ އަދަދެއްގެ ބަނގުރަލާއި އެހެނިހެން މަނާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. 

2022 ޖޫން 22 ވަނަ ދުވަހު ބެންކޮކުން ފުރައިގެން ގއ.ކޫއްޑޫއަށް އައި އެމް.ވީ ޖަޒީރާ ރީފަރ ބޯޓްގައި ޤާނޫނާއި ގަވާއިދާ ޚިލާފު އެއްޗެއް ހުރިކަމަށް ކަސްޓަމްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތާއި  މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި ގުޅިގެން ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި، ޤަވާއިދާ ޚިލާފަށް ބޯޓްގައިހުރި ގިނަ ޢަދަދެއްގެ ބަނގުރަލާއި  އެހެނިހެން މަނާތަކެތި ވަނީ ފެނިފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި ބޯޓުން ފެނިފައިވާ ބަނގުރާތައްވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއިހަވާލުކުރެވިފައެވެ.

 

 

 

މިއަދު އޮންލައިން