ޑރ. އިޔާޟްގެ އާދޭސް ރައީސް ޞާލިޙަށް! "ފޮނުއްވަވައިފާނެ ކޯފާއަކަށް ބިރުވެތިވެވަޑައިގަންނަވާ! މަނިކުފާނާމެދު އަޅުގަޑުމެން ކުރާ އުއްމީދުތައް ފެނަށް ދިއަނުދެއްވާ."

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ޑރ. އިޔާޟްގެ އާދޭސް ރައީސް ޞާލިޙަށް! "ފޮނުއްވަވައިފާނެ ކޯފާއަކަށް ބިރުވެތިވެވަޑައިގަންނަވާ! މަނިކުފާނާމެދު އަޅުގަޑުމެން ކުރާ އުއްމީދުތައް ފެނަށް ދިއަނުދެއްވާ."

މުޅިމުޖުތަމަޢުގައި ފާހިޝް ކަން ކަން ފެތުރުނަ ނުދެއްވުމަށް މަސައްކަތް ކުރައްވާ! އެއްމެ ފުރަތަމަ އަމިއްލަ ނަފްސާއި ޢާއިލާއަކީ އިސްލާމީ ރިވެތި އަޚްލާގާއި ޘަގާފަތަށް ލޯބިކުރާ އަގީދާ ހަރްދަނާ ޝަޚްސެއްކަމުގައި ހައްދަވައި ދެއްވާ! 

އެއްޖިންސުން ގުޅުން ހިންގާމީހުން ބަންޑުން ޖައްސަވާ އެބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ވެއްސެވި. ތައުބާވުން އަވަސް ކުރައްވާ." 

"ދެން ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ." (ހޫދު: 82) 

މުޖްތަމަޢުގައި ހަޑިމުޑުދާރު ފާޙިޝް ޢަމަލުތައް ފެތުރިގެން ދިޔުމުގެ ސަބަބެއް ކަމުފައި ނުވުމަށް ޢަޒުމް ކަނޑައަޅުއްވާ. 

"ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ." (އަންނޫރު: 19) 

ފިޠުރަތުން އެއްކިބާވެފައިވާ ދުޅާމީހުންގެ މެދުގައި ނުރައްކާތެރި ބައްޔެއް ފެތުރެމުންދާކަމަށް އެމެރިކާގެ CDC އިން ބުނެފި.  ކީރިތި ރަސޫލާގެ ބަސްފުޅު ދޮގެއް ނުވާނެ. ފާޙިޝް ޢަމަލުތައް ޢާއްމުވެ ފަތުރާވަރަކަށް އިސްވެދިޔަ އުއްމަތްތަކުގެ މީހުން ދެކެފައިނުވާ ފަދަ ބޮޑެތި ވަބާތައް ފެތުރޭނެ. 

ގުނަވަނެއް ހަލާކުވެ އަދި އޭގެ ސަބަބުން އެހެން ގުނަވަންތަކަށް އަޘަރުކޮށްފާނެނަމަ އެގުނަވަނެއް ބުރިކޮށްލާ, ހަމައެގޮތަށް މުޖްތަމަޢުގެ އަޚްލާޤީ ފޭރާން ވީދިގެންދާފަދަ ހަޑިމުޑުދާރު ޢަމަލުތައް ހިންގާ މީހުންނާއި މެދު ފިޔަވަޅު ނޭޅި ލަސްވެއްޖެނަމަ މުޅި މުޖްތަމަޢަށް ނުރަގަޅު އަޘަރު ކުރާނެ. 

ފާޙީޝް ޢަމަލު ހިންގަނިކޮށް ވިޑީއޯ އަކުން ފެންނަފެނުމުގެ މައްޗަށް ޝަރްޢީގޮތުން އެމީހެއްގެ މައްޗަށް ޙައްދު ގާއިމް ނުކުރެވޭނެ. ނަމަވެސް މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަދަ މީހުންގެ މައްޗަށް ތަޢްޒީރީ އަދަބު ދިނުމުގެ ބާރު ޙާކިމާ އަށް ލިބިގެންވޭ 

"ބޮޑުންނަށް މޮޅުގޮތް, ނިކަމެތިންނަށް ދެރަގޮތް” މި އުޞޫލު ބަދަލުކޮށްގެން މެނުވީ މުޖްތަމަޢުގެ ހަމަޖެހުމެއް ދުވަހަކުވެސް ނާންނާނެ.ރައީސް ޞާލިޙް- މަނިކްފާނާއި މެދު އަޅުގަޑުމެން ކުރާ އުއްމީދުތައް ފެނަށް ދިޔަނުދެއްވާ." 

މަޤާމުތަކާއި ޙަވާލުވެ ވަޑައިގަންނަވާއިރު ކުރައްވާ ހުވަޔަކީ ހަމައެކަނި ޤާނޫނީ ކަމެއްނޫނެވެ. އެހުވަޔަށް ވަފާތެރިވުމަކީ ޝަރްޢީގޮތުން އެމީހެއްގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ. ހުވަޔާއި އެއްގޮތަށް ދެމިނުހުރެވޭނެނަމަ އަވަހަށް އިސްތިއުފާ ދެއްވާށެވެ. 

 

 

މިއަދު އޮންލައިން